24 ހެޔޮ ބަސްތަކަކީ މާމުއިފަދަ އެއްޗެކެވެ. އެއިން ނަފްސަށް ފޮނިކަން ގެނެސް ދެއެވެ. އަދި ފުރާނައަށް ދުޅަހެޔޮކަން ގެނެސްދެއެވެ.
ވިސްނާ ނުލާ ދޫކޮށްލާ ބަސްތަކުން ވާނީ ޒަޚަމެވެ. ބުއްދިވެރި ބަސްތަކުން ލިބޭނީ ޝިފާއެވެ.
ރަނގަޅު ދަނޑިވަޅުގައި ދޭ ރަނގަޅު ޖަވާބަކުން އެންމެން އުފާކުރުވައެވެ.
ފާޙިޝް ފިކުރުތައް ދެކެ މާތްރަސްކަލާނގެ ނަފްރަތުކުރައްވައެވެ. އެކަމަކު އޯގާވެރި ބަސްތައް ދެކެ ރުހި ވޮޑިގަންނަވައެވެ.
އުފާވެރި ހިތަކީ ޝިފާއެކެވެ. ހިތާމަވެރިކަމަކީ ރޫޙު ބަލިކަށި ކޮށްލާ ކަމެކެވެ.
ކަލޯ ހެޔޮބަސް ބުނާއަޑު އިވުމުން އަހަރެންގެ ހިތުގެ ފުންމިނުން އުފާ ފާޅުކުރާނަމެވެ.
މީރުވަސްދުވާ އަތަރަކުން ނުވަތަ މާވަހަރު ފަދައެއްޗެއްގެ ދުމުން ހިތަށް އުފާ ލިއްބައިދެއެވެ. އެފަދައިން ރަޙުމަތްތެރިޔެއްގެ ހެޔޮ ނަސޭހަތް ފުރާނައަށް ހިތްހަމަ ޖެހުން ގެނެސްދެއެވެ.
މިހެން ހެދުމުން ކަލޯގެ ސިއްޙަތު ރަނގަޅުވެ ދުޅަހެޔޮ ކަން ލިބޭނެއެވެ.
މިބަސްތައް އެނގި ހުރުމަކީ ތިމާގެ ދިރިހުރުމެވެ. ތިމާގެ ސިއްޙަތެވެ.
އަހަރެން އެމަލާއިކަތާގެ އަތްޕުޅުން އެކުޑަ ފޮތް ނަގައި އޭތި ކާލީމެވެ. އަދި އަހަރެންގެ އަނގަޔަށް މާމުޔަށް ވުރެން ފޮނިރަހަ ލިބިދިނެވެ. ނަމަވެސް އަހަރެން އޭތި ދިރުވައިލުމަށް ފަހު، އަހަރެންގެ ބަނޑު ތެރެ ހިތި ވެގެން ދިޔައެވެ.