20 އިރުޝާދުތަކަށް ބޯލަނބައިގެން ކަންތައް ކުރާ މީހާއަށް ކާމިޔާބުވެއެވެ. މާތްރަސްކަލާނގެއަށް ވަކީލު ކުރާ މީހާއަށް ފާގަތިކަން ލިބެއެވެ.
ހެޔޮ ނަސޭހަތަށް އިންކާރު ކުރާ މީހާ އެދަނީ މުސީބާތާ ދިމާއަށެވެ. ހެޔޮބަސް އަހާމީހާއަށް ކާމިޔާބީ ހާސިލުވާނެއެވެ.
ބުއްދިވެރިކަން ހައިބަތު ގެނެސްދެއެވެ. އިތުބާރު ނެތް މީހާ އެދަނީ ހަލާކާ ދިމާއަށެވެ.
ބުއްދިވެރި އަޅުސޮރު ވިޔާނުދާ ދަރީގެ މައްޗަށް ގަދަވެ، ސާހިބުމީހާގެ ތަރިކަ މުދަލުން ބައެއް އަތުލައިގަނެއެވެ.
އަމިއްލަ ނަފްސު ދެކެ ލޯބިވާނަމަ ބުއްދިވެރިކަން ހޯދާށެވެ. ކަންކަން ފަހުމުކޮށް ދަސްކުރާ މީހާގެ ތަނަވަސްކަން އިތުރުވާނެއެވެ.
އަހަރެން ފެންނަ މީހަކަށް ދިރުން ލިބޭނެއެވެ. އަދި އެބަޔަކާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގެންވާނެއެވެ.
”އަޑުއަހާ! އަހަރެން ތިޔަބައިމީހުން މި ފޮނުވަނީ ވަލު ކުއްތާތަކެއްގެ ތެރެއަށް ކަންބަޅިތަކެއް ފޮނުވާ ފަދައިން. ވީމާ ހަރުފައެއް ފަދައިން ހުޝިޔާރު ވެ، އަދި ކުދި ކޮތަރެއް ފަދަ ނިޔަނެތި ބައެއްގެ ގޮތުގައިވޭ.