Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 16:18 - ކިތާބުލް މުޤައްދަސާ

18 ބޮޑާކަން ހަލާކުގެ ތެރެއަށް މީހާ ގެންދެއެވެ. ވެއްޓުމުގެ ކުރީން މީހާ ކިބުރުވެރިވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 16:18
27 ပူးပေါင်းရင်းမြစ်များ  

ބޮޑާ މީހާގެ ލަސްތަކެއް ނުވެ އަގު ވެއްޓިދާނެއެވެ. ހިތްތިރި ކަމަކީ ހިކުމަތްތެރި ކަމެކެވެ.


އަރައިރުންވާ ހިތުން ހުންނަމީހާ ފާފައަށް އަރައިގަންނަ ހިތްވެއެވެ. ދޮރާށި އުސްކޮށްގެން ހުންނަ މީހާއަށް ނުރައްކާ ހުށަހެޅެއެވެ.


ބޮޑާކަން އެއީ މީހާގެ ހަލާކެވެ. ހިތްތިރިކަން އެއީ މީހާގެ ޝަރަފެވެ.


ބޮޑާކަމުން ގެނެސްދޭނީ ފަޟީހަތެވެ. ހިތްތިރި ކަމުން ގެނެސްދޭނީ ޝަރަފެވެ.


މާތްރަސްކަލާނގެއަށް ކަލޭމެން ބިރުވެތިވާނަމަ ކަލޭމެން ނުބައި ނުލަފާކަމާ ދުރުހެލިވާށެވެ. އަހަރެން ބޮޑާކަމާއި ކިބުރުވެރިކަމާއި ދޮގުވެރިކަމާއި ގޯސްކަންތައް ދެކެ ނަފްރަތު ކުރަމެވެ.


ޕަތަރަސް ބުންޏެވެ. ”⁠އަހަރެން ހުވާ ކޮށްފައި ބުނަން މިއީ ޙައްޤު ތެދު! އަހަރެންނަކީ އޭނާ އާއި އެކުގައިވި މީހެއް ކަމުގައިވާނަމަ މާތްރަސްކަލާނގެ އަހަރެންނަށް ކޯފާ ލައްވާފާށި! ތިޔަބުނާ މީހަކު އަހަރެން ނުދަންނަން!⁠“ އެ ހިނދު ކުއްލިއަކަށް ހާލެއްގެ ގޮވާލުމުގެ އަޑު އިވިގެން ދިޔައެވެ.


އެހެން ކަމަށް ވެއްޖެނަމަ ކަލޭމެންނަށް ދަޢުވަތު ދިން މީހާ އައިސް ބުނާނެ. ’⁠ތިޔަ ގޮނޑި މީނާއަށް ދީ.⁠‘ ދެން ކަލޭ ޖެހޭނީ ލަދުން ތެދުވެގެން ގޮސް އެތާ ހުރި އެންމެ ދެރަ ގޮނޑީގައި އިށީންނަން.


އަދި މިފަދައިން ހަމަޖެއްސޭ ބޮޑުންގެ މީހަކީ އަލަށް އީމާންވީ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. އެއީ އެފަދަ މަޤާމެއް ލިބުމުގެ އަވަސްކަން ހިތަށްވަދެ ފަޚުރުވެރިވެވި ޝައިތާނާގެ ވަސްވާސްތަކަށް ހެއްލި މަގުފުރެދި ދާނެތީއެވެ.


ޖުލިޔާތަށް އޭނާގެ ކުރިމައްޗަށް ދޮންވަރެއްގެ ސޮރަކު އަންނަތަން ފެނުމުން އައީ އަމަށަކު ހިންޏެއް ނޫނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ