16 ޙިކުމަތްތެރިކަން ރަނަށް ވުރެން މޮޅެވެ. ބުއްދިވެރި ނިންމުން ރިއްސަށް ވުރެން މޮޅެވެ.
ވިސްނުންތެރިކަން ރިހިފައިސާ ފަދައިން ހޯދާށެވެ. އަގުބޮޑު ޚަޒާނާއެއް ފަދައިން ކޮޅައި ހޮވާށެވެ.
ބުއްދިއާއި ތަންދޮރުދަތުން ލިބިގަންނަ މީހުންނަށް މާތްކަލާނގެ ބަރަކާތް ލައްވައެވެ.
ބުއްދިވެރިކަމަކީ ރިއްސަށް ވުރެން ބޭނުން ބޮޑު އެއްޗެކެވެ. އެއީ ރަނަށް ވުރެން ވެސް އަގުބޮޑު އެއްޗެކެވެ.
ހެވާއި ނުބައި ދަސްކޮށްގަނެ ބުއްދީގެ ބޭނުން ހިފާށެވެ. ތިމަން މިބުނި އެއްޗެއް ހަނދުމަ ނުނައްތާށެވެ.
ބުއްދިއަކީ އެންމެ މަތިވެރި ކަންތަކެވެ. އެހެންވެ ކަލޭ އަތުގައި ހުރި ހުރިހާ އެއްޗެއް ދީފައި ވެސް ބުއްދީގެ ކަމަނާ ލިބިގަނެ ތަންދޮރު ވަކިކޮށް ދެނެގަންނާށެވެ.
އަހަރެންގެ ކިބައިން ކަލޭމެންނަށް މިލިބޭ ތަކެތި އެންމެ މޮޅު ރަނާއި އެންމެ ސާފު ރިއްސަށް ވުރެން މާ އަގުބޮޑެވެ.
މީހަކަށް އެމީހާގެ ފުރާނަ ގެއްލިފައިވީނަމަ މުޅި ދުނިޔެ ލިބުނު ކަމުގައި ވިޔަސް އެމީހަކަށް އޮތީ ކޮން ފައިދާއެއް؟ އެމީހަކު އަނބުރާ އެ ފުރާނަ ގަތުމަށް ދެވޭނެ އަގަކީ ކޮބާ؟
އީސާގެފާނު ވިދާޅުވިއެވެ. ”މިފަދަ މީހެއްގެ މިސާލަކީ ތިމާގެ އަމިއްލަ ފައިދާއަށްޓަކައި ދުނިޔެވީ މުދާތައް އެއްކޮށް މުއްސަނދި ވި ނަމަވެސް މާތްރަސްކަލާނގެ ކުރިފުޅުމަތީ އެއްވެސް އެއްޗެއްނެތް ފަޤީރަކު ފަދައިން ވާ މީހެއްގެ މިސާލު.“