15 ރަސްގެފާނުގެ ހިނިތުން ވުމަކީ އާ ދިރުމެކެވެ. ރަބީޢު މޫސުމުގެ ވާރޭ ފަދައެވެ.
ރަސްގެފާނުގެ ކޯފާ އަކީ މަރުގެ އިންޒާރެކެވެ. އެހެނަސް ބުއްދިވެރިޔާ ރަސްގެފާނުގެ ކޯފާ މަޑުކުރުވައެވެ.
ރަސްގެފާނުގެ ކޯފާއެކޭ ސިންގާގެ ހޭރުމެކޭ އެއްފަދައެވެ. ރަސްގެފާނުގެ ރުހުން ގަސްތަކަށް ފައިބާ ޝަބްނަމްގެ ތިކިތަކެއް ފަދައެވެ.
ވެރިމީހާގެ ރުހުން ހޯދުމަށް މީހުން އުޅެއެވެ. އެކަމަކު އިންސާފު ލިބެނީ މާތްރަސްކަލާނގެ ކިބަފުޅުންނެވެ.
މި އަޅާ މަރުވުމަށް ފަހު އަލުން ދިރުއްވާނެ މަގު އިނބަރަސްކަލާނގެ ދައްކަވައިފިއޭ. އިނބަރަސްކަލާނގެ ޙަޟްރަތުގައި ވުމުގެ އުފާވެރިކަން މި އަޅާއަށް ދެއްވާނޭ.‘“