Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 16:14 - ކިތާބުލް މުޤައްދަސާ

14 ރަސްގެފާނުގެ ކޯފާ އަކީ މަރުގެ އިންޒާރެކެވެ. އެހެނަސް ބުއްދިވެރިޔާ ރަސްގެފާނުގެ ކޯފާ މަޑުކުރުވައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 16:14
18 ပူးပေါင်းရင်းမြစ်များ  

ފިރުޢައުނު މި ދެ ޚާދިމުން ދެކެ ނުހަނު ރުޅިއައިސް މި ދެ ޚާދިމުން ޖަލުގައި ހައްޔަރު ކުރެއްވިއެވެ.


ރުޅިގަދަ މީހާ ޒުވާބެއް ފަށައެވެ. މައިތިރި މީހާ އެ ޒުވާބު ފިނި ކުރެއެވެ.


ތެދުވެރި ދުލަކާ މެދު ރަސްގެފާނު ރުހި ވަޑައިގަންނަވައެވެ. އެހެނީ ތެދުވެރިކަންދެކެ ރަސްގެފާނު ލޯބިވެ ވަޑައިގަންނަވައެވެ.


ރަސްގެފާނުގެ ހިނިތުން ވުމަކީ އާ ދިރުމެކެވެ. ރަބީޢު މޫސުމުގެ ވާރޭ ފަދައެވެ.


ނުބައި މީހުން ހަމަނުޖެހުން އުފައްދަން އަވަސްވެގަނެއެވެ. އެކަމަކު އެމީހުންނަށް ގަދަފަދަ ސަޒާ ދެވޭނެއެވެ.


ރަސްގެފާނުގެ ކޯފާއެކޭ ސިންގާގެ ހޭރުމެކޭ އެއްފަދައެވެ. ރަސްގެފާނުގެ ރުހުން ގަސްތަކަށް ފައިބާ ޝަބްނަމްގެ ތިކިތަކެއް ފަދައެވެ.


ރުޅިގަދަ ވެރިޔާއަކީ ސިންގާއެއް ފަދަ އަޑުގަދަ މީހެކެވެ. އޭނާ ރުޅިއެރުވަކީ އަމިއްލަ ނަފްސު ނުރައްކަލަށް ވައްޓާލުންފަދަ ކަމެކެވެ.


ވެރިމީހާގެ ރުހުން ހޯދުމަށް މީހުން އުޅެއެވެ. އެކަމަކު އިންސާފު ލިބެނީ މާތްރަސްކަލާނގެ ކިބަފުޅުންނެވެ.


ޖެއްސުން ކުރާ މީހުން މުޅި އަވަށް ހަލަބޮލި ކުރެއެވެ. ބުއްދިވެރިން ރުޅި މައިތިރި ކުރެއެވެ.


އެގޮތުން އޭނާގެ ފާރަވެރިންގެ ތެރެއިން މީހަކަށް ޔަޙުޔާގެފާނުގެ ބޯފުޅު ގެނައުމަށް އަމުރުކުރުމަށް ފަހު ފޮނުވިއެވެ. އަދި ފާރަވެރިޔާ ގޮސް ޖަލައްވަދެ ޔަޙުޔާގެފާނު ބޯފުޅު ކަނޑާލިއެވެ.


ޞޫރު އާއި ޞައިދޫންގެ ރައްޔިތުންނާއި ހެރޮދު އާއި ދެމެދުގައި ވަނީ ހަމަނުޖެހުން އުފެދިފައެވެ. ނަމަވެސް ޞޫރު އާއި ޞައިދޫންގެ ރައްޔިތުން ހެރޮދު ރަސްގެފާނާއި ސުލްޙަވުމަށް އެދި އައެވެ. އެއީ އެދެރަށުގެ މީހުން ކެއުމަށް ބޭނުން ކުރާ ހުރިހާ ގޮވާމެއް ގަންނަނީ ހެރޮދުގެ ވެރިކަމުގެ ދަށުގައި ވާ ސަރަހައްދުގެ ބިންތަކުންނެވެ. އެމީހުން މި ގޮތަށް ކަން ކުރުމަށްޓާކާ އެ ރަސްގެފާނުގެ ޚާއްސަ ވަޒީރަކު ކަމުގައިވާ ބުލާސްތުސް އާއި ވާހަކަދައްކާ އޭނާ އެމީހުންގެ ކޮޅަށް ޖެއްސިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ