9 ނުބައި ގޮތްގޮތަށް ކުރާ ކަންތަކާ މެދު މާތްރަސްކަލާނގެ ނަފްރަތު ކުރައްވައެވެ. ހެޔޮކަންތައް ކުރަން ނުކުންނަ މީހާދެކެ މާތްރަސްކަލާނގެ ލޯބިވެ ވޮޑިގަންނަވައެވެ.
ހެޔޮމަގުގައި ހުރެފައި އެނބުރިގެންފި މީހާއަށް އެކަލާނގެ އަދަބު ދެއްވައެވެ. ތަރުބިއްޔަތަށް ނަފްރަތު ކުރާ މީހާ މަރުވެ ނެތި ހިނގައިދާނެއެވެ.
ޞާލިޙުކަން މަތީ އުޅެ ދެގޮތެއްނުވާ ލޯތްބެއްވާ މީހަކަށް ދިރިހުރުމާއި ތަނަވަސްކަމާއި ޝަރަފު ލިބޭނެއެވެ.
ބޮޑާ ބެލުންތަކާއި ކިބުރުވެރި ހިތްތަކާއި ފާހިޝް އަމަލުތަކީ ހުސް ފާފައެވެ.
ކުށްވެރިޔާ ދަތުރުކުރާނީ ގުދުލާފައި އޮންނަ މަގުންނެވެ. ކުށެއް ނެތް މީހާ ދަތުރުކުރާނީ ސީދާމަގުންނެވެ.
ނުބައި ނުލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ކަނު އަނދިރީގައި ހިނގާ މީހުންގެ މިސާލެވެ. އެމީހުން އަޅައިގެންފައި ވެއްޓޭނީ ކޮން އެއްޗެއްގައި ޖެހި ކަމެއް ވެސް ނޭނގޭނެއެވެ.
މާތްރަސްކަލާނގެއަށް ކަލޭމެން ބިރުވެތިވާނަމަ ކަލޭމެން ނުބައި ނުލަފާކަމާ ދުރުހެލިވާށެވެ. އަހަރެން ބޮޑާކަމާއި ކިބުރުވެރިކަމާއި ދޮގުވެރިކަމާއި ގޯސްކަންތައް ދެކެ ނަފްރަތު ކުރަމެވެ.
”ހަނި ދޮރާށިން ވަދޭ! އެހެނީ ފުޅާ ދޮރާށިން ވަދެގެން ނަރަކައަށް ދާ މަގުން ދިއުމަށް ވަރަށް ފަސޭހަ. އަދި ގިނަ މީހުން ވަންނަނީ އެފަދަ ދޮރާށިން.
ތިމޮތީއެވެ. ތިބާ މިލްކުވެގެން ވަނީ މާތްރަސްކަލާނގެއަށެވެ. މިފަދަ ހުރިހާ ޝައިތާނީ ކަންތައްތަކާއި ދުރުހެލިވާށެވެ. އަދި ރަނގަޅު ސާލިޙު ކަންތައްތަކައިގެން އެކަލާނގެ ރުއްސަވާ ގޮތުގައި އުޅޭށެވެ. އެކަލާނގެ މަގުގައި އީމާންތެރިކަމާއި މަޑުމައިތިރިކަމާއި ލޯތްބާއެކު ފުރިހަމައަށް ސާބިތުވެ ހުންނާށެވެ.
ޒުވާންކަމުގެ ފާހިޝް އެދުންތަކުން އުފެދިދާނެ ވަސްވާސްތަކުން އެކަހެރިވާށެވެ. އެއާ ޚިލާފަށް ސާފު ހިތަކުން ދުޢާ ކުރާ މީހުންނާއި އެކުގައި ޞާލިޙު، ވަފާތެރި އީމާނަކާއި ލޮބުވެތި ސުލްޙަވެރި ދިރިއުޅުމެއް އުޅެމުން ދާށެވެ.