Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 15:8 - ކިތާބުލް މުޤައްދަސާ

8 ނުބައިމީހާ ކުރާ އަޅުކަމުގެ ޤުރުބާނީ ދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. ހެޔޮމީހާ ކުރާ ދުޢާއާ އެކަލާނގެ ރުހިވޮޑިގަންނަވައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 15:8
26 ပူးပေါင်းရင်းမြစ်များ  

އަޚީތޫފަލު އަކީ ޖީލޫއިން އައިސް ހުރި ދާއޫދުގެފާނުގެ މުޝީރެކެވެ. އަބްޝާލޫމް ޤުރުބާނީ ވެދުން ކުރަން ގޮސް އުޅެމުން އަޚީތޫފުލަށް އެރަށަށް އައުމަށް އެންގިއެވެ. މި ގޮތުގެ މަތިން ދާއޫދުގެފާނާ ދެކޮޅަށް އަބްޝާލޫމްގެ ރޭވުން ވަރުގަދަވަމުން ދިޔައެވެ. އަދި އޭނާއަށް ތާއީދުކުރާ މީހުން ގިނަވަމުން ދިޔައެވެ.


ނުބައިމީހާ އެންމެ ބިރުގަންނަ ކަންތައް އޭނާއާ ކުރިމަތި ވާނެއެވެ. އެކަމަކު ހެޔޮމީހާއަށް އޭނާ އެދޭ ރަނގަޅު ކަންތައް ފަހިވެގެން އަންނާނެއެވެ.


ނުބައިމީހުންގެ ދުޢާތަކަށް މާތްރަސްކަލާނގެ ސަމާލުކަމެއް ނުދެއްވައެވެ. ހެޔޮމީހާގެ އަޅުކަން އެކަލާނގެ އައްސަވާ ވޮޑިގަންނަވައެވެ.


ޙިކުމަތްތެރިޔާގެ ދުލުން ބޭރުވާ ބަސްތަކުން ތަންދޮރު އޮޅުންފިލައެވެ. މޮޔަމީހާގެ ހިތުގައި ހުންނާނީ ޖާހިލު ބަސްތަކެވެ.


ނުބައި މީހުން ކުރާ ޤުރުބާނީ ދެކެ މާތްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވައެވެ. އަމުދުން އެއީ ނުބައިކަމަކަށް އެދިގެން ކުރާ ކަމެއް ނަމައެވެ.


މީހުން ކުރާ އަޅުކަމުގެ ޤުރުބާނީއަކަށް ވުރެން މީހުން ރަނގަޅު އުޅުމެއް އުޅުމުން މާތްރަސްކަލާނގެ މާ އުފާވެރިވެ ވޮޑިގަންނަވައެވެ.


އަމުރުފުޅުތަކަށް ބޯ ނުލަނބާ މީހެއްގެ ދުޢާތައް ދެކެ މާތްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވައެވެ.


އެއީ މާތްރަސްކަލާނގެއަކީ ރޫޙާނީ ފަރާތެއް. އެހެން ކަމުން އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހުން ވެސް އަޅުކަން ކުރަންވާނީ ރޫޙުފުޅު ދައްކަވާ ތެދުމަގުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ