6 ހެޔޮމީހާގެ ގޭގައި ވަނީ އަގުބޮޑު ޚަޒާނާއެކެވެ. ނުބައި މީހާއަށް ލިބޭނީ ގެއްލުމާއި ހަލާކެވެ.
މާތްރަސްކަލާނގެ ތިމާއަށް ދެއްވާ މުދަލުން ފުދެން ވާނެއެވެ. ތިމާ އިތުރަކަށް ކަންބޮޑުވާކަށް ނުޖެހެއެވެ.
ހެޔޮމީހުންގެ މުދާތައް ދާނީ އެމީހުންގެ ކާފަ ދަރިންނަށެވެ. ފާފަވެރިންގެ މުދާތައް ދާނީ ހެޔޮގޮތުގައި ތިބި މީހުންނަށެވެ.
މަދު އެތިކޮޅެއް ލިބި ހުރެ މާތްރަސްކަލާނގެއަށް ބިރުވެތިވާ މީހާ މުދާވެރިވެ ހާސްކަން މަތީ ހުންނަ މީހާއަށް ވުރެން މާ ރަނގަޅެވެ.
މައިންބަފައިންގެ ތަރުބިއްޔަތަށް ނުކިޔަމަންތެރިވާނީ މޮޔަ ދަރިންނެވެ. އިސްލާހުކުރުން ބަލައިގަންނާނީ ބުއްދިވެރި ދަރިންނެވެ.
ޙިކުމަތްތެރިޔާގެ ދުލުން ބޭރުވާ ބަސްތަކުން ތަންދޮރު އޮޅުންފިލައެވެ. މޮޔަމީހާގެ ހިތުގައި ހުންނާނީ ޖާހިލު ބަސްތަކެވެ.
ތެދުވެރިކަމާއެކު މަދު އެތިކޮޅެއް ލިބުން ދޮގުވެރި ގޮތުގައި މުއްސަނދި ވުމަށް ވުރެން މަންފާ ބޮޑެވެ.
ބުއްދިވެރިން ތަނަވަސް ކަމާއި އިއްޒަތުގައި އުޅެއެވެ. މޮޔައިން ލާރިއެއް ލިބޭއިރަށް ތަޅާ ބުރުވާލައެވެ.
ނުބައިމީހުންގެ ގެދޮރަށް މާތްރަސްކަލާނގެ ލަޢުނަތް ލައްވައެވެ. އެކަމަކު ހެޔޮމީހުންގެ ގެދޮރަށް މާތްރަސްކަލާނގެ ބަރަކާތް ލައްވައެވެ.
އަހަރެން ދެކެ ލޯބިވާ އެންމެންނަށް އަހަރެންގެ ފަރާތުން އަގުބޮޑު ޚަޒާނާތައް ދެމެވެ.
އެއާ ޚިލާފަށް އެކަލޭގެފާނު ދެކެވަޑައިގެންނެވީ މިޞްރުގެ ޚަޒާނާއަށް ވުރެން އަލްމަސީޙަށްޓަކައި ލަދާއި ވޭނުގައި ހޭދަކުރެއްވުން މާ ރަނގަޅުކަމަށެވެ. އެކަލޭގެފާނު ބެއްލެވީ ކުރިމަގުގައި ލިބޭނެ އިނާމަކަށެވެ.