5 މައިންބަފައިންގެ ތަރުބިއްޔަތަށް ނުކިޔަމަންތެރިވާނީ މޮޔަ ދަރިންނެވެ. އިސްލާހުކުރުން ބަލައިގަންނާނީ ބުއްދިވެރި ދަރިންނެވެ.
ކަލޭމެން އިސްލާހު ކުރުމަށް އަހަރެން މިދޭ ހެޔޮ ނަސޭހަތުގެ އަޑު އަހާށެވެ. އޭރުން އަހަރެންގެ ވިސްނުންތައް ކަލޭމެންގެ މައްޗަށް އޮއްސާލާނަމެވެ. އަހަރެންގެ ބަސްތައް ކަލޭމެންނަށް އޮޅުންފިލުވައި ދޭނަމެވެ.
އިލްމު އުނގެނިގަތުމަށް ފުރަތަމަ ބިރުވެތިވާންވީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. ބުއްދިވެރި ބަސްތަކާއި ހެޔޮ ނަސޭހަތާ ދެކޮޅުހަދާނީ މޮޔައެކެވެ.
މިއީ ސުލައިމާނުގެފާނު ވިދާޅުވި ބުއްދިވެރި ބަސްފުޅުތަކެވެ: ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާގެ ހިތް އުފާ ކުރުވައެވެ. މޮޔަ ދަރިން އަމާ ހިތް ނުތަނަވަސް ކުރުވައެވެ.
ބުއްދިވެރި ދަރިން އެ ދަރިންގެ މައިންބަފައިން ތަރުބިއްޔަތު ކުރުމުން އެކަން ބަލައިގަނެއެވެ. ފުރައްސާރަކުރާ ދަރިން އެ ތަރުބިއްޔަތަކަށް ސަމާލުކަމެއް ނުދެއެވެ.
ތަރުބިއްޔަތު ބަލައި ނުގަންނަ މީހާ އަގުވެއްޓި، ވާނީ ފަގީރެވެ. ނަސޭހަތުގެ އަޑުއަހާމީހާ ވާނީ ޝަރަފުވެރިއެވެ.
އޯގާވެރި ބަސްތަކަކީ ދިރުންދޭ ގަހެކެވެ. ހީލަތްތެރި ބަސްތަކަކީ ފުރާނައިގެ ހަލާކެވެ.
ހެޔޮމީހާގެ ގޭގައި ވަނީ އަގުބޮޑު ޚަޒާނާއެކެވެ. ނުބައި މީހާއަށް ލިބޭނީ ގެއްލުމާއި ހަލާކެވެ.
ލިބެން އޮތްހާ ހެޔޮ ނަސޭހަތަކާއި އިލްމެއް ލިބިގަންނާށެވެ. އޭރުން ތިމާ މުޅި އުމުރުގައި ޙިކުމަތްތެރި ވާނެއެވެ.
ތެދުވެރި ފާޑުކިޔުން އަޑުއަހާ މީހާ ރަނުގެ ކަންފަތު މުއްޖެއް ފަދައެވެ. ނުވަތަ އެނޫން ވެސް ރަނުގެ ގަހަނާއެއް ފަދައެވެ.
އެއަމުރުތަކީ ކަލޯގެ ދިރިއުޅުމަށް އަލިކޮށްދޭ ދަންމަރެވެ. އެއިން ކަލޯ ހިނގާ މަގަށް އަލިކޮށްދީ ކަލޯ ތަރުބިއްޔަތު ކުރެއެވެ.
މިއީ ތެދުބުނުމެކެވެ. މިފަދަ މީހުންނާއިމެދު ހަރުކަށިވާށެވެ. އީމާންތެރިކަމުގައި ސާބިތު ވުމަށް އެމީހުންނަށް އެހީވާށެވެ.
ތިބާގެ ފުރިހަމަ އިޚުތިޔާރާއި ބާރުގެ ބޭނުން ކޮށްގެން މިކަންތައް އުނގަންނައިދީ، މީހުން އިސްލާޙުކޮށް ހިތްވަރު ދޭށެވެ. ކޮންމެ މީހެއްގެ އިޙުތިރާމާއި ޤަދަރު ތިބާއަށް ލިބިދޭނެ ކަމުގައި ޔަޤީން ކުރަމެވެ.