Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 15:30 - ކިތާބުލް މުޤައްދަސާ

30 އުފާވެރިކަން ފެނިލުމުން ހިތަށް ހިތްގައިމުކަން ލިބެއެވެ. ހެޔޮ ޚަބަރަކުން ސިއްޙަތަށް ފައިދާ ކުރެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 15:30
14 ပူးပေါင်းရင်းမြစ်များ  

ހާސްކަމަކީ ހިތަށް އުފުލަންޖެހޭ ބުރައެކެވެ. އޯގާވެރި ބަހަކީ ހިތަށް ލިބޭ ހިތްހަމަޖެހުމެކެވެ.


ހެޔޮމީހުން ބައްތިއެއް ފަދައިން އަލިގަދަކޮށް ދިއްލިފައި ހުރެއެވެ. ނުބައިމީހާގެ ބައްތި ލަސްތަކެއް ނުވެ ނިވިދާނެއެވެ.


ނުބައިމީހުންގެ ދުޢާތަކަށް މާތްރަސްކަލާނގެ ސަމާލުކަމެއް ނުދެއްވައެވެ. ހެޔޮމީހާގެ އަޅުކަން އެކަލާނގެ އައްސަވާ ވޮޑިގަންނަވައެވެ.


އިސްލާހު ކުރަން މީހަކު ކިޔާ ފާޑުކިޔުމެއް ބަލައިގަންނަނަމަ ޙިކުމަތްތެރިންގެ މަޤާމަށް ދެވޭނެއެވެ.


އުފާވެރި ހިތަކީ ޝިފާއެކެވެ. ހިތާމަވެރިކަމަކީ ރޫޙު ބަލިކަށި ކޮށްލާ ކަމެކެވެ.


ދުރުން އަންނަ ހެޔޮ ޚަބަރެއް ފެންބޮވައިގެންފައި ހުންނަ މީހަކަށް ލިބޭ ފިނިފެން ތައްޓެއް ފަދައެވެ.


މިހެން ހެދުމުން ކަލޯގެ ސިއްޙަތު ރަނގަޅުވެ ދުޅަހެޔޮ ކަން ލިބޭނެއެވެ.


އެ ސަހަރަށް އަލިކަން ލިބިދިނުމަށް އިރާއި ހަނދު ބޭނުމެއް ނުވެއެވެ. ސަބަބަކީ މާތްރަސްކަލާނގެ ނޫރުފުޅު އެ ސަހަރުގައި ބަބުޅަމުން ދެއެވެ. އަދި އެ ސަހަރުގެ ބައްތިއަކީ ޅަކަންބަޅި ކަމުގައި ވުމެވެ.


އެތަނަށް ރޭގަނޑު ވުމެއް ނޯންނާނެއެވެ. އަދި ބައްތިތަކާއި އިރުގެ އަލިކަން އެބައިމީހުންނަށް ބޭނުމެއް ނުވާނެއެވެ. ސަބަބަކީ އެބައިމީހުންގެ އަލިކަމަކީ ސާހިބުވަންތަ މާތްރަސްކަލާނގެ ކަމުގައި ވާނެކަމެވެ. އަދި އެބައިމީހުން ރަސްރަސްކަލުން ފަދައިން ދާއިމަށް ވެރިކަން ކުރާނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ