23 ރަނގަޅު ދަނޑިވަޅުގައި ދޭ ރަނގަޅު ޖަވާބަކުން އެންމެން އުފާކުރުވައެވެ.
ބުއްދިވެރި ބަސްތަކުން ލިބޭނީ ފައިދާތަކެވެ. އަދި ބުރަމަސައްކަތުން އޭގެ އިނާމު ލިބިދެއެވެ.
ހާސްކަމަކީ ހިތަށް އުފުލަންޖެހޭ ބުރައެކެވެ. އޯގާވެރި ބަހަކީ ހިތަށް ލިބޭ ހިތްހަމަޖެހުމެކެވެ.
ލަފާ ނުހޯދާނަމަ ރޭވުންތައް ކަސިޔާރު ވެދާނެއެވެ. ކާމިޔާބު ލިބެނީ މަޝްވަރާގެ މަތިންނެވެ.
ތެދުވެރި ދުލަކާ މެދު ރަސްގެފާނު ރުހި ވަޑައިގަންނަވައެވެ. އެހެނީ ތެދުވެރިކަންދެކެ ރަސްގެފާނު ލޯބިވެ ވަޑައިގަންނަވައެވެ.
ހެޔޮ ބަސްތަކަކީ މާމުއިފަދަ އެއްޗެކެވެ. އެއިން ނަފްސަށް ފޮނިކަން ގެނެސް ދެއެވެ. އަދި ފުރާނައަށް ދުޅަހެޔޮކަން ގެނެސްދެއެވެ.
ތެދު ބަހުންދޭ ޖަވާބު ރައްޓެހިކަމުގެ ދޮނެއް ފަދައެވެ.
ޔަޙުޔާގެފާނުގެ އެ ދެ އަސްޙާބީންނަށް އެކަލޭގެފާނު މިހެން ވިދާޅުވި އަޑުއިވުމުން އެމީހުން އީސާގެފާނާއި އެކު އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ.
މަރިޔަމްއަށް މިޚަބަރު ލިބުމުން އަވަހަށް ތެދުވެގެން އީސާގެފާނާއި ބައްދަލުކުރުމަށް ދިޔައެވެ.
ހަޑިހުތުރު ބަސްތަކުން ތިޔަބައިމީހުންގެ ދޫ ރައްކާތެރިކުރާށެވެ. ވަގުތާ ޙާލަތަށް ބަލައި މީހުންނަށް ފައިދާހުރި ހެޔޮބަސްތަކުން މުޚާތަބުކުރާށެވެ. އޭރުން އެބަސްތަކުގެ އަޑުއިވޭ ފަރާތްތަކަށް ހިތްވަރު ލިބިދޭނެއެވެ.