21 ވިސްނުން ކުޑަ މީހުންނަށް މޮޔަކަންތަކުން އުފާލިބެއެވެ. ބުއްދިވެރިޔާ ހުންނާނީ ރަނގަޅު މިޞްރާބުގައެވެ.
މޮޔައިން ކުރާހިތްވާނީ ގޯސް ކަންތަކެވެ. ވިސްނުންތެރިން ކުރާހިތްވާނީ ބުއްދިވެރި ކަންކަމެވެ.
އަވަށްޓެރިޔާ ބަދުނާމުކޮށް ވާހަކަ ދެއްކުމަކީ މޮޔަކަމެކެވެ. ހަމަވިސްނޭ މީހަކުނަމަ ހުންނާނީ އަނގަމަޑުން ލައިގެންނެވެ.
ބުއްދިވެރިޔާ ނުރައްކަލަށް ހުށަހޮޅި ނުގަނެވޭތޯ ބަލާނެއެވެ. މޮޔަމީހާ ފަރުވާލެއް ނެތި ނިކަން އަވަހަށް ނުރައްކަލުގެ ތެރެއަށް ބޯ މަހާލާނެއެވެ.
ބުއްދިވެރިންނަށް އެމީހުން ދާނެ މަގު ފެންނާން އޮވެއެވެ. މޮޔަ މީހާ އަމިއްލަ ނަފްސު އޮޅުވާލައެވެ.
ކުށެއް އިސްލާހު ކުރަން އުޅޭ މީހާއަށް މޮޔައިން މަލާމާތްކުރެއެވެ. ހެޔޮލަފާމީހާ އެކަން ބަލައިގަނެ އެކަމާ އުފާކުރެއެވެ.
ލަފާ ނުހޯދާނަމަ ރޭވުންތައް ކަސިޔާރު ވެދާނެއެވެ. ކާމިޔާބު ލިބެނީ މަޝްވަރާގެ މަތިންނެވެ.
ސީދާ ކުރިމައްޗަށް ބަލައި ސީދާ މަގުން ކުރިޔަށް ހިނގާށެވެ. ތިމާ ލަދުން އިސްޖެހުނަ ނުދޭށެވެ.
ތިމާ ހިނގަން ސީދާމަގެއް ގާއިމުކުރާށެވެ. އަދި އެމަގުގައި ސާބިތުވެ ހުންނާށެވެ.
އެހެންވީމާ، މޮޔައިން ފަދައިން ޙަޔާތުގައި އަމަލު ނުކޮށް ހެޔޮ ވިސްނޭ މީހުން ފަދައިން އަމަލު ކުރާށެވެ.
ކަލޭމެންގެ ތެރޭގައި ބުއްދިވެރި ނޫނީ ވިސްނޭ މީހަކު ވޭހެއްޔެވެ؟ އެހެންވީއިރު އެމީހެއްގެ ހެޔޮ ދިރިއުޅުމުގައި ހިތްތިރިކަމާއެކު އެކަން ސާބިތު ކޮށްދީބަލާށެވެ. އަދި ކޮންމެ ކަމެއް ކުރުމުގައި ވިސްނާށެވެ.