20 ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާ އުފާ ކޮށްދެއެވެ. މޮޔަ ދަރިން އަމާ ކުޑައިމީސްކުރެއެވެ.
ކަލޭމެންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ. އޭރުން ކަލޭމެންނަށް އަހަރެން މިދޭ ބިމުގައި ފުރިހަމަ ދިގު އުމުރެއްގައި އުޅެވޭނެ.
މިއީ ސުލައިމާނުގެފާނު ވިދާޅުވި ބުއްދިވެރި ބަސްފުޅުތަކެވެ: ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާގެ ހިތް އުފާ ކުރުވައެވެ. މޮޔަ ދަރިން އަމާ ހިތް ނުތަނަވަސް ކުރުވައެވެ.
ބުއްދިވެރި ދަރިން އެ ދަރިންގެ މައިންބަފައިން ތަރުބިއްޔަތު ކުރުމުން އެކަން ބަލައިގަނެއެވެ. ފުރައްސާރަކުރާ ދަރިން އެ ތަރުބިއްޔަތަކަށް ސަމާލުކަމެއް ނުދެއެވެ.
ކަންނެތް މީހާގެ މަގުގައި ހުންނާނީ ކަށިކުނބުރެވެ. ޞާލިޙު މީހާގެ މަގު އޮންނާނީ ސާފުވެ ހާމައަށެވެ.
ކަލޯއަށް ދިރިހުރުން ދިން ބަފާގެ ބަސްއަހާށެވެ. މުސްކުޅި އަމާ ކުޑައިމީސް ނުކުރާށެވެ.
ޞާލިޙު ދަރިންގެ ބަފާ އުފާވާންވީ ސަބަބެއް އެބައޮތެވެ. ބުއްދިވެރި ދަރިންތަކެއް ލިބުމަކީ ކިހާ ބޮޑު އުފަލެއް ހެއްޔެވެ؟
ވިސްނުންތެރިކަމަށް ލޯބިކުރާ މީހާގެ ބަފާ ހިތްއުފާވެއެވެ. ކަސްބީންގެ ގާތަށް ގޮސް އުޅޭ މީހާގެ މުދާ ބޭކާރުވެދެއެވެ.
ބަފާއަށް މަލާމާތް ކޮށް އަމާގެ ބަސްނާހާ މީހާ މިނިކާމާދޫނިތައް އައިސް ކާލާނެއެވެ. ގޮނޑުދޮށުގައި އުޅޭ ކާޅުތައް އައިސް މަލާމާތްކުރާ ލޯތަކަށް ކޮއްޖަހާނެއެވެ.
އެހެނަސް ތިމޮތީއަކީ ކޮންކަހަލަ މިޒާޖެއްގެ މީހެއްކަން ތިޔަބައިމީހުން ދަންނާނެއެވެ. އޭނާ އަހަރެންނާއިއެކުގައި ހެޔޮޚަބަރުފުޅު ފެތުރުމުގައި މަސައްކަތް ކުރަމުން ގެންދަނީ އަހަރެންގެ ދަރިއެއް ފަދައިންނެވެ.