2 ބުއްދިވެރިން ބުނާބަސްތަކުން ޙިކުމަތްތެރިކަން ލިބިގަންނަ ހިތްވެއެވެ. މޮޔައިންގެ އަނގައިން އޮހިގަންނާނީ ބޭކާރު ބަސްތަކެވެ.
ވިސްނޭ މީހާ އެނގޭހާ އެއްޗެއް ބުނެ ފާޅުކުރަމުންނެއް ނުހިނގައެވެ. މޮޔަމީހާ ދާހާތަނަކަށް ޖާހިލުކަން ފަތުރަމުން ހިނގައެވެ.
ހަމަ ވިސްނުމެއް ހުންނަމީހާ ކަންތައް ކުރާނީ ވިސްނައިގެންނެވެ. މޮޔަމީހާ އޭނާގެ ޖާހިލުކަމުގެ ފޮނިބައިސާ ކަނޑައެވެ.
ރަނގަޅު ދަނޑިވަޅުގައި ދޭ ރަނގަޅު ޖަވާބަކުން އެންމެން އުފާކުރުވައެވެ.
ތެދުވެރިޔާގެ ހިތުން ޖަވާބެއް ދިނުމުގެ ކުރީގައި ވިސްނާނެއެވެ. ނުބައި މީހާގެ ދުލުން އޮހިގަންނާނީ ނުބައި ބަސްތަކެވެ.
ޙިކުމަތްތެރިޔާގެ ދުލުން ބޭރުވާ ބަސްތަކުން ތަންދޮރު އޮޅުންފިލައެވެ. މޮޔަމީހާގެ ހިތުގައި ހުންނާނީ ޖާހިލު ބަސްތަކެވެ.
ޙިކުމަތްތެރި ހިތަކުން ބުނާނީ ބުއްދިވެރި ބަސްތަކެވެ. ވިސްނުންތެރި ބަސްތަކުން މީހުން ލަންބާލައެވެ.
ކަލޯއަށް ހެޔޮނުބައި ވިސްނޭނެއެވެ. އޭރުން ބުނަންވީ ހެޔޮބަސްތައް ކަލޯއަށް އެނގޭނެއެވެ.