19 ކަންނެތް މީހާގެ މަގުގައި ހުންނާނީ ކަށިކުނބުރެވެ. ޞާލިޙު މީހާގެ މަގު އޮންނާނީ ސާފުވެ ހާމައަށެވެ.
ޙަޤީޤީ ރަނގަޅު މީހާ ކުރާކަންތައް އޮމާންވެ ސާފުސީދާ ވާނެއެވެ. ނުބައިމީހާ ވެއްޓޭނީ އޭނާގެ ފާފައިގެ ތެރެއަށެވެ.
ރުޅިގަދަ މީހާ ޒުވާބެއް ފަށައެވެ. މައިތިރި މީހާ އެ ޒުވާބު ފިނި ކުރެއެވެ.
ބުއްދިވެރި ދަރިން އެ ދަރިންގެ ބަފާ އުފާ ކޮށްދެއެވެ. މޮޔަ ދަރިން އަމާ ކުޑައިމީސްކުރެއެވެ.
ކަންނެތް މީހާ ބުނެތެވެ. ”އަހަރެން މަސައްކަތަށް ނުކުމެއްޖެއްޔާ ސިންގާއެއް އައިސް ކައިފާނެއެވެ. އޭރުން އަހަރެން މަރުވެދާނެއެވެ.“
ގޯސް މީހުން ހިނގާ އުޅޭނީ ކަށިތަކުގެ ދަންތުރަތައް ހުންނަ މަގުމަގުންނެވެ. ހަށިރައްކަލަށް އެދޭ މީހާ އެމަގަކުން ނުހިނގާނެވެ.
ކަންނެތް މީހާ ބުނެއެވެ. ”ބޭރުގައި ސިންގާއެއް އެބައޮތެވެ!“
ދަރިފުޅާއެވެ! އަބަދުވެސް ހިނގަންވާނީ އެކަލާނގެ ރުހިވޮޑިގަންނަވާ މަގުންނެވެ. އެކަލާނގެ ކަލޯއަށް ސާފުސީދާ ތެދުމަގު ދައްކަވާނެއެވެ.
ކަލޭމެންގެ ތެރޭގައި ތިބި ކަންނެތް މީހުން ހިނިތައް އުޅޭގޮތް ބަލަން ދާށެވެ. އެސޮރުމެންގެ ގާތުން ފިލާވަޅު ލިބިގަންނާށެވެ.
ކަލޭމެންގެ ކިބައިގައި ކިރިޔާ ވެސް ވިސްނުމެއް ހުރިނަމަ އަހަރެން މިބުނަނީ ތެދެއްކަން ސާފުކޮށް އޮޅުމެއްނެތި އެނގިގެންދާނެއެވެ.