16 މަދު އެތިކޮޅެއް ލިބި ހުރެ މާތްރަސްކަލާނގެއަށް ބިރުވެތިވާ މީހާ މުދާވެރިވެ ހާސްކަން މަތީ ހުންނަ މީހާއަށް ވުރެން މާ ރަނގަޅެވެ.
މާތްރަސްކަލާނގެ ތިމާއަށް ދެއްވާ މުދަލުން ފުދެން ވާނެއެވެ. ތިމާ އިތުރަކަށް ކަންބޮޑުވާކަށް ނުޖެހެއެވެ.
މިސްކީނެއްގެ ކޮންމެ ދުވަހެއް ވާނީ ބިކަ އެވެ. އުފާވެރި ހިތަކަށް ކޮންމެ ދުވަހަކީ ޢީދެކެވެ.
ތެދުވެރިކަމާއެކު މަދު އެތިކޮޅެއް ލިބުން ދޮގުވެރި ގޮތުގައި މުއްސަނދި ވުމަށް ވުރެން މަންފާ ބޮޑެވެ.
ހަމަނުޖެހުމެއްގެ ތެރޭގައި އިނދެ ކާ ބިރިއާންޏަކަށް ވުރެން ހަމަޖެހިގެން ހަމަހިމޭން ތަނެއްގައި އިނދެކާ ފާރޮށި ކުނޑިކޮޅު ވެސް މާ ރަނގަޅެވެ.
ފަގީރު ތެދުވެރިޔަކަށްވެ ހުރުން ކެހިވެރި މުއްސަންޖަކަށް ވުމަށް ވުރެން ހެވެއެވެ.
ދީނަކީ ރޫޙާނީ ހިތްހަމަޖެހުމާއެކު ކުރެވޭ ކަމެއް ނަމަ މުއްސަނދިކަން ވެސް ގެނެސްދޭ އެއްޗެއް މެއެވެ.