ހަރުބަސްތައް 15:11 - ކިތާބުލް މުޤައްދަސާ11 މާތްރަސްކަލާނގެ ދެކެވޮޑިގަންނަވަނީ މަރުވެފައިވާ މީހުންގެ ދުނިޔެ އެކަންޏެއް ނޫނެވެ. އެކަލާނގެއަށް އަހަރެމެންގެ ހިތުގެ ސިއްރުތައް ވެސް އެނގިވޮޑިގެންވެއެވެ. အခန်းကိုကြည့်ပါ။ |
އަނެއްކާވެސް އީސާގެފާނު ސުވާލު ކުރެއްވިއެވެ. ”ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟!“ ޕަތަރަސްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއީ އީސާގެފާނު ތިން ފަހަރަށް އޭނާ ކުރެން މިހެން އެއްސެވީތީއެވެ. ”އާދެ، ސާހިބާ! ސާހިބާއަށް ހުރިހާ ކަމެއް ވެސް އެނގި ވަޑައިގަންނަވާނެ. އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެން ވިއްޔާ އަހަރެންގެ ކަންބަޅި ބަކަރިތައް ގެންގުޅެ ބަލަހައްޓާ!“
އަހަރެން އެ އަންހެނާގެ ދަރިން ނެތިކޮއްލާނަން. އެގޮތުން އެންމެހާ މަސީޙީ ޖަމާޢަތްތަކުގެ މީހުން އެބައިމީހުންގެ ވިސްނުމާއި އަދި އެބައިމީހުންގެ އެދުން ހުރިގޮތް އަހަރެންނަށް އެނގިގެންވާކަން ދަންނާނެ. އަދި ތިޔަބައިމީހުން ކުރި ޢަމަލަކަށް ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަށީގެންވާ ޖަޒާ އަހަރެން ދޭނަން.
މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”މީހާގެ އިސްކޮޅާއި ބޭރުފުށަށް ނުބައްލަވާ. ތިމަންކަލާނގެ އޭނާ ޚިޔާރެއް ނުކުރައްވަން. މީހަކު އިސްކޮޅުން ދިގޭ ކިޔާފައި ތިމަންކަލާނގެ މީހަކު ނުއެއް ހޮއްވަވަން. ތިމަންކަލާނގެ ބައްލަވަނީ އިންސާނުން ފަދައަކުންނެއް ނޫން. އެހެނީ އިންސާނާ ބަލަނީ ބޭރުފުށަށް. ތިމަންކަލާނގެ ބައްލަވަނީ އޭނާގެ ހިތަށް.“