Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 14:9 - ކިތާބުލް މުޤައްދަސާ

9 ކުށެއް އިސްލާހު ކުރަން އުޅޭ މީހާއަށް މޮޔައިން މަލާމާތްކުރެއެވެ. ހެޔޮލަފާމީހާ އެކަން ބަލައިގަނެ އެކަމާ އުފާކުރެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 14:9
15 ပူးပေါင်းရင်းမြစ်များ  

”⁠އޭ މޮޔައިންނޭވެ! ކަލޭމެން ތިޔަ މޮޔަކަން މަތީ ތިބޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ އިލްމަށް ކަލޭމެން ފުރަގަސްދީ މަލާމާތްކުރުން ހުއްޓާލާނީ ކޮން އިރަކުން ހެއްޔެވެ؟


މޮޔައިން ކުރާހިތްވާނީ ގޯސް ކަންތަކެވެ. ވިސްނުންތެރިން ކުރާހިތްވާނީ ބުއްދިވެރި ކަންކަމެވެ.


މަކަރުވެރިން ދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. ހެޔޮމީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގަންނަވައެވެ.


މާތްރަސްކަލާނގެ ރުހިވޮޑިގަންނަވަނީ ހެޔޮމީހުންނަށެވެ. ނުބައިރޭވުންތައް ރާވާ މީހުންދެކެ އެކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ.


ބުއްދިވެރިކަން ހައިބަތު ގެނެސްދެއެވެ. އިތުބާރު ނެތް މީހާ އެދަނީ ހަލާކާ ދިމާއަށެވެ.


މާތްކަލާނގެއަށް މަލާމާތް ކުރާ މީހުންނަށް އެކަލާނގެ ވެސް މަލާމާތް ކުރައްވައެވެ. އެކަމަކު ހިތްތިރި މީހުންނަށް ހެޔޮގޮތް މިންވަރު ކުރައްވައެވެ.


މިހެން ކަލޯ ކަންތައް ކޮށްފިނަމަ މާތްކަލާނގެ ކަލޯ ދެކެ ރުހިވޮޑިގެންވާނެއެވެ. އަދި އެންމެން ވެސް ކަލޯއާ ރުހޭނެއެވެ.


ޒިނޭކުރާ އަންހެނާ އޭނާ ގާތަށް އަންނަ ފިރިހެނާ ކާލައިގެން އަނގަ ފުހެލައެވެ. ދެން ފެންވަރާލައިގެން އައިސް އެއަންހެނާ ބުނެއެވެ. ”⁠ދެން މިއީ އެވަރު ބޮޑު ކަމެއް ތަ؟⁠“


އަހަރެން ފެންނަ މީހަކަށް ދިރުން ލިބޭނެއެވެ. އަދި އެބަޔަކާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގެންވާނެއެވެ.


އެބޭކަލުން ތިޔަބައިމީހުންނަށް މިފަދައިން ބުނިމެއެވެ. ”⁠ފަހުޒަމާނަށް އައިސް މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް މަލާމާތްކޮށް ހީނހަދާނޭ. އަދި އެބައިމީހުން ބަލަމުން ގެންދާނީ ޣައިރުދީނުގެ މީހުންގެ އަމިއްލަ އެދުންތަކުގައިވި ފާޙިޝް އަމަލުތަކަށޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ