8 ބުއްދިވެރިންނަށް އެމީހުން ދާނެ މަގު ފެންނާން އޮވެއެވެ. މޮޔަ މީހާ އަމިއްލަ ނަފްސު އޮޅުވާލައެވެ.
ނުބައި ނުލަފާ މީހުންނަށް ލިބޭ ދާއިމީ ފައިދާއެއް ނޯވެއެވެ. އެކަމަކު ހެޔޮކަންތައް ކުރާ މީހާއަށް ލިބޭނީ ދާއިމީ އިނާމެވެ.
ތެދުވެރިން ކަންތައް ރާވާނީ އަދުލުވެރިކަމާ އެކުގައެވެ. ނުބައިމީހާ މަގުދައްކާނީ މަކަރުވެރި ކަމަށެވެ.
ވިސްނުން ކުޑަ މީހުންނަށް މޮޔަކަންތަކުން އުފާލިބެއެވެ. ބުއްދިވެރިޔާ ހުންނާނީ ރަނގަޅު މިޞްރާބުގައެވެ.
އަހަރެންގެ މިބަސްތައް އަހައިފިނަމަ، ކަލޯއަށް ހެޔޮކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމަކީ ކޮބައިކަން އެނގޭނެއެވެ. އަދި ހިނގާނެ ތެދުމަގު ވެސް ފެންނާނެ އެވެ.
އަހަރެން އަބަދުވެސް ކަންތައް ކުރަނީ ޙައްޤާ އެއްގޮތަށެވެ. އަދި އިންސާފުވެރިކަމާ އެކުގައެވެ.
ތިޔަބައިމީހުން ކުރީގައި އުޅެމުން ގެންދިޔަ ދިރިއުޅުމާއި އެ ނަފްސު ދޫކޮށްލާށެވެ. މާޒީގައި ތިޔަބައިމީހުންގެ ޙަޔާތުގައި އުޅެމުންގެންދިޔަ މަކަރުވެރި އެދުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން އުޅެގެންނުވާނެއެވެ. އެއީ ބަރުބާދުވުމުގެ ގޮތްތަކެވެ.
އެހެންވީމާ، ބުއްދިނުކުރާ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ. ނަމަވެސް އޭގެ ބަދަލުގައި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކީ ކޮބައިތޯ ބަލާށެވެ.
އެކަމަކު ނުބައިނުލަފާ މީހުންނާއި ދޯކާދޭ މީހުންގެ މިއަމަލުތައް އިތުރުވެގެން ދާނެއެވެ. އެމީހުން އެހެން މީހުންނަށް އޮޅުވާލައި ދޯކާދެމުން ގޮސް ޚުދު އެ މީހުންނަށް ވެސް މީހުން ކަންތައް އޮޅުވާލާފާނެއެވެ.
ކަލޭމެންގެ ތެރޭގައި ބުއްދިވެރި ނޫނީ ވިސްނޭ މީހަކު ވޭހެއްޔެވެ؟ އެހެންވީއިރު އެމީހެއްގެ ހެޔޮ ދިރިއުޅުމުގައި ހިތްތިރިކަމާއެކު އެކަން ސާބިތު ކޮށްދީބަލާށެވެ. އަދި ކޮންމެ ކަމެއް ކުރުމުގައި ވިސްނާށެވެ.