Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 14:6 - ކިތާބުލް މުޤައްދަސާ

6 ޙިކުމަތަށް ފުރައްސާރަ ކުރާ މީހާއަކަށް ތަންދޮރެއް ނޭނގެއެވެ. އިލްމު ލިބެނީ ތަންދޮރު އެނގުމުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 14:6
24 ပူးပေါင်းရင်းမြစ်များ  

ވިސްނުންތެރީން އަދި އެއަށް ވުރެން ވެސް ވިސްނުންތެރިވެދެއެވެ. ތިމާއަކީ ހުޝިޔާރު މީހެއް ނަމަ ކަންކަން އިތުރަށް ދަސްވެދެއެވެ.


ތެދުވެރި ހެކިވެރިޔާ ބުނާނީ ތެދަށެވެ. ދޮގުވެރިޔާ ދޭނީ ދޮގުހެއްކެވެ.


މޮޔައިންނާ ގައިގޯޅި ނުވާށެވެ. އެމީހުންގެ ކިބައިން ދަސްވާނެ އެއްޗެއް ނޯންނާނެއެވެ.


ޖެއްސުން ކުރާ މީހުން ތަރުބިއްޔަތު ވާކަށް ބޭނުމެއް ނުވެއެވެ. ބުއްދިވެރިންގެ ނަސޭހަތް އަހާކަށް އެމީހުން ބޭނުމެއް ނުވެއެވެ.


ދަސްކުރަން ބޭނުން ނުވާ މޮޔައަކަށް ދަރުސް ދިނުމަށް ފައިސާތަކެއް ހޭދަކުރުމަކީ މާނައެއް ނެތް ކަމެކެވެ.


ހަމަ ވިސްނޭ މީހާ ބަލާނީ ޙިކުމަތާ ދިމާއަށެވެ. މޮޔައެއްގެ ލޯ ދުނިޔޭގެ ކަންކޮޅަށް ފޯރުވާނެއެވެ.


މޮޔައިން ކަންތައް އޮޅުން ފިލުވާކަށް ބޭނުމެއް ނުވެއެވެ. އެމީހުން ބޭނުންވާނީ އެހެންމީހުންނަށް މޮޅު ޚިޔާލު ދިނުމަށެވެ.


ބުއްދިވެރިކަމަކީ މޮޔައިންނަށް ފަހުމުވާ ވަރަށް ވުރެން މާނަ ފުން އެއްޗެކެވެ. މުހިންމު ކަމަކާ މެދު ވެރިން ޖަލްސާ ކުރާއިރު މޮޔައިން ބުނާނެ އެއްޗެއް ނޯވެއެވެ.


ތިމާ އަމިއްލައަށް ތިމާއަކީ މާ ވިސްނޭ މީހެއްކަމަށް ހީކޮށް ހުންނަ މީހާއަށް ވުރެން އެންމެ ގަމާރު މީހާ ވެސް މާ ބުއްދިވެރިއެވެ.


އަހަރެން ބުނާ ހުރިހާ އެއްޗަކީ ހަމަ ޙައްޤު ތެދެވެ. ޙަޤީޤަތާއި ޚިލާފު އޮޅުވާލުމުގެ ބަހެއް ނުބުނަމެވެ.


ކަލޭމެންގެ ކިބައިގައި ކިރިޔާ ވެސް ވިސްނުމެއް ހުރިނަމަ އަހަރެން މިބުނަނީ ތެދެއްކަން ސާފުކޮށް އޮޅުމެއްނެތި އެނގިގެންދާނެއެވެ.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތު ވޭތުކުރުމުގެ ޙިކުމަތް ކަލޭމެންގެ ތެރެއިން އެއްވެސް މީހަކަށް ލިބިގެންނުވާނަމަ އެކަލާނގެ ކިބަފުޅަށް އެމީހަކު އެދި ދަންނަވާށެވެ. އަދި އެފަދައިން އެދޭ ހުރިހާ އެންމެންނަށް ފާޑުކިޔުމެއްނެތި ދީލަތިކަމާއެކު އެކަލާނގެ ޙިކުމަތް ދެއްވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ