33 ވިސްނުންތެރި މީހާގެ ކޮންމެ ވިސްނުމެއްގައި ހެޔޮ ބުއްދި އެކުލެވެއެވެ. މޮޔަމީހާއަކަށް ހަމަ ބުއްދިއެއް ނާދެއެވެ.
ރުޅި މަތަ ނުކުރުމަކީ މޮޔަކަމެކެވެ. މީހަކު ތިމާއަށް ކުރި ފުރައްސާރައަކާ އަޅާނުލުމަކީ ބުއްދިވެރިކަމެވެ.
ވިސްނޭ މީހާ އެނގޭހާ އެއްޗެއް ބުނެ ފާޅުކުރަމުންނެއް ނުހިނގައެވެ. މޮޔަމީހާ ދާހާތަނަކަށް ޖާހިލުކަން ފަތުރަމުން ހިނގައެވެ.
ހަމަ ވިސްނުމެއް ހުންނަމީހާ ކަންތައް ކުރާނީ ވިސްނައިގެންނެވެ. މޮޔަމީހާ އޭނާގެ ޖާހިލުކަމުގެ ފޮނިބައިސާ ކަނޑައެވެ.
ނުބައިމީހާ މުސީބާތެއްގައި ފުނޑުފުނޑުވެއެވެ. ހެޔޮމީހާއަށް މަރުމަތީގައި ވެސް ރައްކާތެރިކަމުގެ ޔަޤީންކަން ލިބިގެންވެއެވެ.
ޞާލިޙުކަމަކީ ޤައުމަށް ކުރިއެރުން އަންނަ ކަމެކެވެ. ފާފައިން ލިބޭނީ ބަދުނާމެވެ.
ބުއްދިވެރިން ބުނާބަސްތަކުން ޙިކުމަތްތެރިކަން ލިބިގަންނަ ހިތްވެއެވެ. މޮޔައިންގެ އަނގައިން އޮހިގަންނާނީ ބޭކާރު ބަސްތަކެވެ.
ތެދުވެރިޔާގެ ހިތުން ޖަވާބެއް ދިނުމުގެ ކުރީގައި ވިސްނާނެއެވެ. ނުބައި މީހާގެ ދުލުން އޮހިގަންނާނީ ނުބައި ބަސްތަކެވެ.
އެހެނީ ކަލޯ އޭރުން ހުންނާނީ ވިސްނުންތެރި އަކަށް ވެފައެވެ. އަދި އިލްމު ކަލޯގެ ހިތަށް ފިނިކަން ލިއްބައިދޭނެއެވެ.
މޮޔައިން އަވަހަށް ރުޅި ބާލައެވެ. ބުއްދިވެރިޔާ ރުޅިމަތަ ކުރެއެވެ.