Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 14:29 - ކިތާބުލް މުޤައްދަސާ

29 ރުޅިމަޑުމީހާގެ ކިބައިގައި ހަމަ ވިސްނުން ހުންނާނެއެވެ. ރުޅިގަދަ މީހާ ކުރާނީ މޮޔަ ކަންތަކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 14:29
20 ပူးပေါင်းရင်းမြစ်များ  

ރުޅިގަދަ މީހާ ކުރާނީ މޮޔަ ކަންތަކެވެ. އިތުބާރު ނުހިފޭ މީހާ ދެކެ މީހުން ކުރާނީ ނަފުރަތެވެ.


ރަސްކަލެއްގެ އިއްޒަތް ބޮޑުވަނީ އޭނާގެ ރައްޔިތުންގެ އަދަދަށް ބަލާފައެވެ. ރައްޔިތުން ނެތް ރަސްކަލެއްގެ ކިބައިގައި އަގެއް ނެތެވެ.


ރުޅިގަދަ މީހާ ޒުވާބެއް ފަށައެވެ. މައިތިރި މީހާ އެ ޒުވާބު ފިނި ކުރެއެވެ.


ބާރުގަދަވުމަށް ވުރެން ކެތްތެރިވުން ރަނގަޅެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުން ސަހަރެއް ފަތަޙަ ކުރުމަށް ވުރެން މޮޅެވެ.


ތަންދޮރު އެނގޭ މީހާގެ ބަސް މަދުވާނެއެވެ. ތަންދޮރު ދަންނަ މީހާގެ ރުޅިމަޑު ވާނެއެވެ.


ބޯހަމަޖެހޭ މީހުންގެ ރުޅި ކޮންޓްރޯލް ކުރާނެއެވެ. މީހުންގެ ފަރާތުން ލިބޭ އުނދަގޫތަކަށް ކެތްކޮށް އެކަމާ އަޅާނުލާ މީހުންނަށް އިޙްތިރާމް ލިބިގެންވެއެވެ.


ނަފްސުގެ މައްޗަށް ބާރު ނުފޯރާ މީހާއެކޭ ބޮޑުފާރު ތަޅާލެވިފައިވާ ރަށެކޭ އެއްފަދައެވެ.


އަވަސް އަރައިގެން ސަރިޔަތަށް ނުދާށެވެ. ނޫނީ ކަލޭ ކުރި ދައުވާ ކާމިޔާބު ނުވެ އަވަށްޓެރިޔާގެ ކުރިމަތީގައި ލަދުގަންނަން ޖެހިދާނެއެވެ.


އެކަމަނާއަށް އިސްކަންދީ އޭނާ ދައްކާ މަގުން ހިނގައިފިނަމަ ކަލެއަށް މަތިވެރި ޝަރަފު ލިބޭނެއެވެ.


ތިޔަބައިމީހުންގެ ބަރުދަންތައް އަހަރެންގެ ތަންޑިޔަލުގައި ލައިގެން އުޅޭ. އަދި އަހަރެން ބުނާގޮތަށް ކަންތައް ކޮށް އަހަރެން ކުރެން ދަސްކުރޭ. އެހެނީ އަހަރެންނަކީ މަޑު މައިތިރި ހިތްތިރި މީހެއް. އެގޮތުން ތިޔަބައިމީހުންގެ ހިތްތަކަށް އަރާމު ލިބިގެން ދާނެ.


އިރުމަތިން އައި ނަކަތްތެރިން ހެރޮދަށް އޮޅުވާލުމުން އޭނާ ނުހަނު ރުޅިއައެވެ. ވުމާއެކު، ބައިތުލަޙަމް އާއި އަދި މުޅި އެހިސާބުގެ ވަށައިގެންވާ ކައިރި ސަރަހައްދުތަކުގައި ތިބި ދެ އަހަރުގެ ހުރިހާ ކުޑަ ފިރިހެން ކުދިން ނޫނީ އެ އުމުރަށް ވުރެން ހަގު ފިރިހެން ކުދިން ގަތުލު ކުރުމަށް ހެރޮދު އޭނާގެ ލަޝްކަރުންނަށް އަމުރު ނެރުނެވެ. މި ގޮތަށް މިކަން ކުރަން އޭނާ ނިންމީ އެ ނަކަތްތެރިންގެ ފަރާތުން އޭނާއަށް އެނގިގެންވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވޭ. ހަނދާނުގައި މިކަން ބަހައްޓާށެވެ! އަނެކުންގެ ވާހަކަތައް ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. ކަލޭމެންގެ ވާހަކަތަކަށް ފަސްޖެހޭށެވެ. ސިނގުރުޅި ނަންނާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ