28 ރަސްކަލެއްގެ އިއްޒަތް ބޮޑުވަނީ އޭނާގެ ރައްޔިތުންގެ އަދަދަށް ބަލާފައެވެ. ރައްޔިތުން ނެތް ރަސްކަލެއްގެ ކިބައިގައި އަގެއް ނެތެވެ.
ކަލޭގެފާނު ތެދުވެ ވަޑައިގެން ނުކުންނަވައި ކަލޭގެފާނުގެ މީހުންނަށް ހިތްވަރު ދެއްވާ. ނޫންނަމަ މާތްރަސްކަލާނގެ ގަންދީ ބުނަން މާދަމާ އިރު އަރާއިރަށް ކަލޭގެފާނާއެކު އެކަކު ވެސް ނުހުންނާނެ. އޭރުން ކަލޭގެފާނަށް ކުރިމަތިފުޅުވާނީ މިހާތަނަށް ދުވަހަކު ވެސް ކުރިމަތިވެ ވަޑައިގެންފައި ނުވާ ވަރުގެ މުސީބާތެއް.“
އެކަމަކު ޔުއާބު ދާއޫދުގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކަލޭގެފާނަށް ސަތޭކަ ގުނައަށް ހަނގުރާމަވެރިން ދެއްވާށި. ކަލޭގެފާނުގެ ލޯފުޅަށް މިތަން ފެންނާށި. އެކަމަކު މި ކަންތައް ކަލޭގެފާނު ކުރައްވަން ޖެހެނީ ކީއްވެ؟“
އެކަމަކު އެމީހުން ފިއްތި ވަރަކަށް އެމީހުންގެ އަދަދު ގިނަވެ ފެތުރުން ދިޔައީ އިތުރުވަމުންނެވެ. މިކަމާ މިޞްރު މީހުން ވަކިން ބޮޑަށް އިސްރާއީލީން ދެކެ ބިރުގެންފިއެވެ.
ދެން ފިރުޢައުނު އޭނާގެ އެންމެންނަށް އެންގެވިއެވެ. ”އުފަންވާ ކޮންމެ ޢިބްރާނީ ފިރިހެން ދަރިއެއް ނީލަކޯރަށް އެއްލާލާ. އެކަމަކު އެއްވެސް އަންހެން ދަރިޔަކު ނުމަރާތި.“
މާތްރަސްކަލާނގެއަށް ބިރުވެތިވުމަކީ ދިރުން ލިބޭ ފައްވާރާއެކެވެ. އެކަމުން ތިމާއަށް ވަސްވާހާއި މަރުން ސަލާމަތްކަން ލިބިދެއެވެ.
ރުޅިމަޑުމީހާގެ ކިބައިގައި ހަމަ ވިސްނުން ހުންނާނެއެވެ. ރުޅިގަދަ މީހާ ކުރާނީ މޮޔަ ކަންތަކެވެ.