ހަރުބަސްތައް 14:25 - ކިތާބުލް މުޤައްދަސާ25 ތެދު ހެކިދޭ މީހާ މީސްތަކުންގެ ފުރާނަ ސަލާމަތް ކުރެއެވެ. ދޮގުހެކި ދޭނީ ޚާއިނެކެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް ތިޔަބައިމީހުން ވިސްނައި ބަލަންވީ ފަހު ޒަމާނުގައި ހިނގައިދާނެ ޙާދިސާތަކަށެވެ. މިސްތަކުން އެބައިމީހުންގެ އަމިއްލަ ފާހިޝް އެދުން ފިޔަވައި އިތުރު އެއްވެސް ކަމަކާއިމެދު ނުވިސްނާނެއެވެ. އަދި އެމީހުން ތިޔަބައިމީހުންނަށް މަލާމާތްކޮށް ހީނ ހަދައި މިފަދައިން ތިޔަބައިމީހުންނަށް ޒުވާބުދޭނެއެވެ: ”އީސާގެފާނު އެނބުރި ވަޑައިގަންނަވާނެ ކަމުގެ ވަޢުދުފުޅު ނުކުރައްވާތަ؟ އެކަލޭގެފާނު ކޮބައިތަ؟ އަހަރެމެންގެ ކާބަފައިން ނިޔާވެ ވަޅުލެވިދިޔަ. ނަމަވެސް ދުނިޔެ އުފެއްދެވީއްސުރެން ފުރަތަމަ ދުވަހެކޭ އެއްފަދައިން ދުނިޔެ ހިނގަމުން ދޭ.“