ހަރުބަސްތައް 14:21 - ކިތާބުލް މުޤައްދަސާ21 ގާތް މީހާއާ މެދު ކުޑައިމީސްކޮށް ހިތުމަކީ ފާފައެކެވެ. މުހުތާދެއްގައިވާ މީހާއަށް އެހީވުމަކީ ބަރަކާތެކެވެ. အခန်းကိုကြည့်ပါ။ |
އެމީހުންގެ ދީންވެރިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެމީހުންނާ ދޭތެރޭ އެހެން އެންމެންގެ މައްޗަށް ރުހިވޮޑިގެންވާ ވަރަށް ވުރެ ބޮޑަށް ރުހިވޮޑިގެންވާ ކަމުގައި ހީކޮށް އަދި އެމީހުންނަކީ އެހެން މީހުންނަށް ވުރެން މާ ރަނގަޅު ބަޔަކު ކަމުގައި ދެކިގެން ތިބި ބަޔަކަށް އީސާގެފާނު މި މާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ.
އަހަރެން ކުރި ހުރިހާ ކަމަކުން ވެސް އަހަރެން ކަލޭމެންނަށް ހާމަކޮށްދޭން ބޭނުންވީ ގައިގައި ބާރު ނެތް މީހުންގެ ބޭނުންތަކަށް އެހީވެދިނުމަށް ކަލޭމެންގެ އަތުންފައިން މަސައްކަތް ކުރުން. މާތް ސާހިބާ އީސާގެފާނުގެ ބަސްފުޅުގެ މަތިން ހަނދާން ކުރޭ. އެކަލޭގެފާނު ވިދާޅުވި. ’ލިބިގަތުމަށް ވުރެ ދިނުން އެއީ މާ ބޮޑު ރަޙުމަތެކޭ.‘“