ހަރުބަސްތައް 14:2 - ކިތާބުލް މުޤައްދަސާ2 ހެޔޮލަފާ ގޮތުގައި ދިރިއުޅޭނަމަ ދައްކަނީ ތިމާ ހުރީ މާތްރަސްކަލާނގެއަށް ބިރުވެތިވުންމަތީގައި ކަމުގައެވެ. އޮޅުވާލުމާއި ހީލަތްތެރިކަމުން ދައްކަނީ އެކަލާނގެއަށް ތިމާ ގަދަރެއް ނުކުރާކަމެވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކަލޭމެން ބުނާ ބަހުގެ އަޑު އެހި މީހަކީ އަހަރެންގެ ބަހުގެ ވެސް އަޑުއެހި މީހެއް. ކަލޭމެން ބުނާ ބަހުގެ އަޑު ނޭހި މީހަކީ އަހަރެންގެ ވެސް ބަސް ނޭހި މީހެއް. އަދި އަހަރެންގެ ބަސް ނޭހި މީހަކީ އަހަރެން ފޮނުއްވި ފަރާތުގެ ބަސްފުޅު އަޑު ނޭހި މީހެއް.“
އެމީހުން ބުންޏެވެ. ”އަހަރެމެން މިއައީ ކެޕްޓަން ކޮރުނޭލިޔުސް ފޮނުވީމަ. އޭނާއަކީ ރޯމުގެ ސިފައިންގެ އޮފިސަރެއް. އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހެއް. ބަނީއިސްރާއީލުގެ އެންމެން ވެސް އޭނާއަށް ވަރަށް އިޙުތިރާމު ކުރޭ. މާތްރަސްކަލާނގެ ކޮރުނޭލިއުސްގެ ގާތަށް މަލާއިކަތަކު ފޮނުއްވާ އެންގެވީ ކަލޭ ކާރީ އޭނާގެ ގެއަށް އައުމަށް ބުނުމަށް. އަދި އޭނާއަށް ކަލޭ ބުނަން ބޭނުން ބަސްތަކުގެ އަޑު އެހުމަށް.“
ދެން އެއަށް ފަހު ޖުދެއާ އާއި ގަލީލީ އާއި އަދި ސަމީރިއްޔާގައި އުޅުނު އީސާގެފާނަށް އީމާންވާ މީހުންނަށް އަމާންކަން ލިބުނެވެ. އެމީހުން އީސާގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް ހުރިހާ ކަމެއް ވެސް ކޮށް އެމީހުންގެ ދިރިއުޅުމުން އެކަލޭގެފާނުގެ ބަސްފުޅުތަކުގެ މިސާލު ދައްކާ އަޅުކަންކޮށް އުޅުނެވެ. އަދި މާތްރޫޙުފުޅު އެމީހުންނަށް ވާގި ދެއްވާ އެހީތެރިވެ ދެއްވަމުން ދިޔައެވެ. އަދި އެމީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ.