ހަރުބަސްތައް 14:19 - ކިތާބުލް މުޤައްދަސާ19 ނުބައިމީހާ ކަންކަމު އަންނަން ޖެހޭނީ ހެޔޮމީހުންގެ ގާތަށެވެ. ފާފަވެރިޔާ ސަލާންޖަހާނީ ޞާލިޙުންގެ ގެދޮރަށެވެ. အခန်းကိုကြည့်ပါ။ |
މިޞްރުގެ ހުރިހާ ވަޒީރުން އައިސް އަޅުގަނޑުގެ ކުރިމައްޗަށް ބިންމައްޗަށް ވެއްޓި ކުރުނީސްކޮށް މިހެން އާދޭސް ކުރާނެ. ’މިރަށުން ކަލޭމެން އަވަހަށް ދާށޭ. ކަލޭމެން ދާއިރު ކަލޭމެންގެ މީހުން ވެސް ގެންދާށޭ.‘ އޭރުން އަޅުގަނޑު މިރަށުން ފައިބައިގެން ހިނގައިދާނަން!“ ދެން މޫސާގެފާނު ވަރަށް ކޯފާވެ ހުންނަވައިގެން އެތަނުން ވަޑައިގެންފިއެވެ.
ދެކިބަލަ! ތިޔަބައިމީހުންގެ ޢަދުއްވުން އެބައިމީހުންނަކީ ބަނީއިސްރާއީލުން ކަމުގެ ދަޢުވާ ކުރޭ. ނަމަވެސް އެބައިމީހުންނަކީ ދޮގުވެރިންނެވެ. އެބައިމީހުން މިލްކުވެގެން ވަނީ ޝައިތާނާއަށް. އެބައިމީހުންނީ ބަނީއިސްރާއީލުންގެ ބައެއްނޫން. އެބައިމީހުން އައިސް ތިޔަބައިމީހުންގެ ފައިންމައްޗަށް ގުދުވެ ކުރުނީސްކޮށް ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާކަން އެމީހުންނަށް އެނގޭކަމަށް އެއްބަސް ކުރުވާނަން.