Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 14:15 - ކިތާބުލް މުޤައްދަސާ

15 އިވޭ ކޮންމެ އަޑެއް އަހާނީ ޖާހިލުންނެވެ. ބުއްދިވެރިޔާ ފައިތިލަ ބަހައްޓާނީ ވިސްނާފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 14:15
16 ပူးပေါင်းရင်းမြစ်များ  

މި ޚަބަރު ގެނައި ޒުވާނާ ކުރެން ދާއޫދު އެއްސެވެ. ”⁠ޝާއުލްގެފާނާއި ދަރިކަލުން ޔޫނަތައިން އަވަހާރަވީކަން ކަލެއަށް އެނގުނީ ކިހިނެއް؟⁠“


ނުބައި މީހުން އިންދާ ގޮވާމުގައި އަޅާނީ ނުބައި މޭވާއެވެ. ހެޔޮ މީހާގެ ގޮވާމުން ލިބޭނީ ރަނގަޅު މޭވާއެވެ.


ބުއްދިވެރިޔާ ނުރައްކަލަށް ހުށަހޮޅި ނުގަނެވޭތޯ ބަލާނެއެވެ. މޮޔަމީހާ ފަރުވާލެއް ނެތި ނިކަން އަވަހަށް ނުރައްކަލުގެ ތެރެއަށް ބޯ މަހާލާނެއެވެ.


ބުއްދިވެރިންނަށް އެމީހުން ދާނެ މަގު ފެންނާން އޮވެއެވެ. މޮޔަ މީހާ އަމިއްލަ ނަފްސު އޮޅުވާލައެވެ.


ކުޓުވާ މީހުންގެ ބަސްތައް އަހާނީ ވިޔާނުދާ މީހުންނެވެ. ދޮގު އަޑުއަހާނީ ދޮގުވެރިންނެވެ.


ވިސްނާ ހުންނަ މީހާއަށް ނުރައްކާ އަންނަން އުޅޭކަން އެނގި އެކަމަށް ތައްޔާރުވެއެވެ. ޖާހިލު މީހާ ލޯ މަރައިގެންގޮސް އެ ނުރައްކަލުގެ ތެރެއަށް ވަދެގަނެއެވެ.


ހެޔޮ ވިސްނޭ މީހާއަށް މުސީބާތެއް އެބަ އަންނަކަން ވިސްނި ދުރާލާ ތައްޔާރު ވެއެވެ. ނުވިސްނާ މީހާ ގޮސް އެމުސީބާތުގެ ތެރެއަށް ބޯމަހާލާނެ އެވެ.


ތިމާ ހިނގަން ސީދާމަގެއް ގާއިމުކުރާށެވެ. އަދި އެމަގުގައި ސާބިތުވެ ހުންނާށެވެ.


މީނާ އެ ރަށުގެ ގަވަރުނަރު ކަމުގައި ހުރި ސާރިޖު ޕައުލުސް ގެ ގާތުގައި އޭނާއަށް ޚިދުމަތް ކުރުމުގައި އުޅުނެވެ. ސާރިޖު ޕައުލުސް އަކީ ވިސްނުންތެރި މީހެކެވެ. މީނާ ބަރުނައްބާސް އާއި ޝާއުލްގެ ކިބައިން އޭނާގެ ގާތަށް އައުމަށް އެދުނެވެ. އެއީ އޭނާ ވެސް ބޭނުންވީ އެމީހުން އެ ކިޔާދެމުން ދާ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑު އެހުމަށެވެ.


އަދި އޭރުން ކުޑަކުދިން ފަދައިން އަހަރެމެން އަމަލުކުރުން ހުއްޓާލާނެއެވެ. އެހެނީ މިސްރާބު ގެއްލިފައިވީ އުޅަނދެއް ފަދައިން ވަޔާއި އޮއިގެ ތެރޭގައި ދެއަތަށް ކިރިކިރި އޮންނަ އުޅަނދެއްފައިން ނުވާނެއެވެ. ހަމައެހެންމެ މީސްތަކުންގެ ދޮގު ފަތުވާތަކުންނާއި މަކަރުވެރިކަމުގެ ނުފޫޒެއް ނުފޯރުވޭނެއެވެ.


އެހެންވީމާ، ބުއްދިނުކުރާ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ. ނަމަވެސް އޭގެ ބަދަލުގައި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކީ ކޮބައިތޯ ބަލާށެވެ.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކު އުނގަންނައިދޭ ތަކެއްޗަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެހީތެރިކަމުން އުނގަންނައިދޭ ތަކެތި ކަމުގައި ބުނެ ދަޢުވާ ކުރި ކަމުގައިވިޔަސް ގަބޫލު ނުކުރާށެވެ. އެއާ ޚިލާފަށް އެމީހަކު ބުނާ އެއްޗަކަށް ސަމާލުވެ ތިބެ އިމްތިޙާނު ކުރާށެވެ. އޭރުން އެފަދަ މީހެއްގެ އުނގަންނައި ދިނުމަކީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން އުނގަންނައިދޭ ތަކެތި ކަން ތިޔަބައިމީހުންނަށް ޔަޤީންވާނެއެވެ. ސަބަބަކީ ދުނިޔޭގެ އެކިކަންކޮޅަށް އެތަކެއް ދޮގު ނަބިއްޔުން ގޮސް ދެމުން ގެންދާ ޚަބަރަކީ މާތްރަސްކަލާނގެ ވަޙީބަސްފުޅުކަމުގައި އެމީހުން ދައުވާ ކުރަމުން ގެންދާނެ ކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ