14 ނުބައި މީހުން އިންދާ ގޮވާމުގައި އަޅާނީ ނުބައި މޭވާއެވެ. ހެޔޮ މީހާގެ ގޮވާމުން ލިބޭނީ ރަނގަޅު މޭވާއެވެ.
ބުއްދިވެރި ބަސްތަކުން ލިބޭނީ ފައިދާތަކެވެ. އަދި ބުރަމަސައްކަތުން އޭގެ އިނާމު ލިބިދެއެވެ.
މާތްކަލާނގެ މަގުގައި ތިބި ބަޔަކަށް ގެއްލުމެއް ނެތެވެ. ނުބައި މީހުންނަށް ކުރިމަތިވާނީ މުސީބާތެވެ.
އެމީހެއްގެ ހިތުގެ ދަތިހާލު އެނގޭނީ އެމީހަކަށެވެ. ތިމާގެ ހިތުގެ އުފާ ތިމާ ނުދަންނަ މީހަކާ ޙިއްސާއެއް ނުކުރެވޭނެއެވެ.
އިވޭ ކޮންމެ އަޑެއް އަހާނީ ޖާހިލުންނެވެ. ބުއްދިވެރިޔާ ފައިތިލަ ބަހައްޓާނީ ވިސްނާފައެވެ.
ބުއްދިވެރި ބަސްތަކެކޭ މީރު ކާނާއެކޭ އެއްގޮތެވެ. ރަނގަޅު ބަސްތަކުން ބަނޑުފުރުމުން ލިބޭފަދަ ހިތްހަމަޖެހުމެއް ލިބިގެން ދެއެވެ.
ހެޔޮ ވިސްނުމަކީ ކަލޭމެންނަށް މަންފާ ހުރި ކަމެކެވެ. ފޮނިކެނޑުމުން ލިބޭނީ ގެއްލުމެވެ.
އެކަމަކު އަހަރެން ދޭ ފެން ބޮއެފި މީހަކު އިތުރު ފެނަކަށް ބޭނުމެއް ނުވާނެ. އަހަރެން މި ދޭ ފެން ބޮއެފި މީހެއްގެ ހިތުތެރޭގައި ފައްވާރާއެއް ހެން ތާޒާފެން އާރެއް އުތުރި އަރައި ގަންނާނެ. އެ ފެނުގެ ސަބަބުން އެމީހަކަށް ނިމުންނުވާ ޙަޔާތް ލިބޭނެ.“
އެމީހެއްގެ އަމަލުތައް ރަނގަޅުކުރާށެވެ. އަދި އެއަމަލުތަކާއި މެދު ބަލާއިރު އެކަން ކުރެވުނީ ރަނގަޅަށްނަމަ އެކަމާ އުފާކުރާށެވެ. ނަމަވެސް ތިމާ ކުރާ އަމަލުތައް އެހެން މީހުން ގެ އަމަލުތަކާ އަޅާ ނުބަލާށެވެ.
ފާފަވެރި، އަމިއްލަ ނަފްސުގެ އެދުންތަކަށް ކަންތައްކުރާ މީހުންނަށް އޭގެ ނަތީޖާއެއްގެ ގޮތުން ލިބޭނީ ހަލާކާއި ނެތިވެދިއުމެވެ. މާތްރޫޙުފުޅުގެ އެދުމާއި އެއްގޮތަށް ކަންތައްކުރާ މީހުންނަށް މާތްރޫޙުފުޅުގެ ސަބަބުން ލިބޭނީ ނިމުންނުވާ ޙަޔާތެވެ.
އަޚުންނާ އުޚުތުންނޭވެ! ކަލޭމެންގެ ހިތްތަކަށް އެފަދަ ނުބައި ފިކުރުތައް ވައްދައި އީމާންކަން ގެއްލުނަ ނުދޭށެވެ. އެހެންނޫނީ ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެއަށް ފުރަގަސް ދެވޭނެތީއެވެ.