6 ޞާލިޙުކަން ކުށެއްނެތް މީހާއަށް މަގުދައްކައެވެ. ފާފަވެރިކަން ނުބައިމީހާ ހަލާކުކޮށްލައެވެ.
ތެދުވެރިގޮތުގައި އުޅޭމީހާ މާތްރަސްކަލާނގެ ރައްކާތެރި ކުރައްވައެވެ. އެކަމަކު ނުބައިމީހާ ނެތިކޮށްލައްވަ އެވެ.
މަކަރުވެރިން ދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. ހެޔޮމީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގަންނަވައެވެ.
ރަނގަޅު މީހާއަށް ތެދުވެރިކަން މަގުދައްކާނެއެވެ. ދޮގުވެރިޔާ ބެދޭނީ އޭނާގެ ކެހިވެރިކަމުގެ މަޅީގައެވެ.
ޞާލިޙުވަންތަ ކަލާނގެއަށް ވިޔާ ނުދާ މީހެއްގެ ގޭގައި ކަންތައް ހުންނަ ގޮތް އެނގިވޮޑިގަންނަވައެވެ. އެކަލާނގެ އެގެއަކަށް މުސީބާތް ގެންނަވައެވެ.
ފާހިޝް ނުބައި މީހުންގެ ފާފަތަކަކީ ދަންތުރައެކެވެ. އޭގައި ބެދޭނީ ވެސް ހަމަ އެމީހުންނެވެ.