Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 13:4 - ކިތާބުލް މުޤައްދަސާ

4 ކަންނެތް މީހާ ކިތަންމެ ބޭނުންވިޔަސް އެކައްޗެއް ވެސް ނުލިބެއެވެ. ބުރަ މަސައްކަތް ކުރާ މީހާއަށް ހުރިހާ އެއްޗެއް ލިބެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 13:4
26 ပူးပေါင်းရင်းမြစ်များ  

ހަމަ އެދުވަހު އިސްޙާޤުގެފާނުގެ ޚާދިމުން އެމީހުން ކޮންނަމުން ދިޔަ ވަޅާބެހޭ ގޮތުން އެކަލޭގެފާނުގެ އަރިހަށް އައިސް މިފަދައިން ދެންނެވިއެވެ. ”⁠އަޅުގަނޑުމެންނަށް އެވަޅުން ފެން ފެނިއްޖެ.⁠“


ކަންނެތްކަން މީހާ ފަގީރު ކުރުވައެވެ. ގަދަ މަސައްކަތް މީހާ މުއްސަނދި ކުރުވައެވެ.


ދީލަތިކަމުން ތަނަވަސްކަން ލިބެއެވެ. އަނެކާއަށް ފެންފޮދެއް ދޭމީހާއަށް ފެން ލިބޭނެއެވެ.


ބުރަ މަސައްކަތް ކުރާ ދަނޑުވެރިޔާއަށް ކައި އިތުރުވާ ވަރަށް ވެސް ކާނާލިބެއެވެ. އެކަމަކު ޚިޔާލީފޮލާގައި އުޅޭމީހާއަކީ މޮޔައެކޭ އެއްފަދަ މީހެކެވެ.


ގަދައަޅާ މަސައްކަތް ކުރީމާ ވެރިޔަކަށް ވެދެއެވެ. ކަންނެތް މީހާ އަޅަކަށް ވެއެވެ.


ކަންނެތްވެ ނުކައްކާ މީހާ ހުންނާނީ ހާބަނޑާ އެވެ. ބުރަ އުފުލުމުން އެދޭކަންތައް ހާސިލްވެއެވެ.


ދޫ ރައްކާތެރި ކުރާ މީހާއަށް ސަލާމަތް ދިގު އުމުރެއް ލިބެއެވެ. އަނގަގަދަ ކުރުމުން ކަންތައް ޚަރާބުވެއެވެ.


ރަނގަޅު މީހާ ދޮގުތައް ދެކެ ނަފްރަތު ކުރެއެވެ. ނުބައިމީހާ އޭނާގެ މައްޗަށް ލަދުވެތިކަން ގެނެސްގަނެ އަގުވެއްޓިދެއެވެ.


ރަނގަޅު މޫސުމުގައި ދަނޑު ނުހައްދާ ކަންނެތް މީހާ ކަނޑާނެ ގޮވާމެއް ނުހުންނާނެއެވެ. އޭނާ ކާނެ އެއްޗެއް ވެސް ނުހުންނާނެއެވެ.


ކަންކަމަށް ހިތްކިޔަކަސް ވަކިވަރަކަށް ކަންނެތް ވެއްޖެއްޔާ މީހާ ފަނާވެދާނެ އެވެ. އެހެނީ ކަމެއް ކުރާކަށް އެމީހާގެ އަތެއްފަޔެއް ގުޑައެއް ނުލާނެއެވެ.


ރަނގަޅު ތަދުބީރާއި ބުރަމަސައްކަތް މީހާއަށް ތަނަވަސްކަން ގެނެސްދެއެވެ. އަވަސް އަރުވައި މަގު ކުރުކޮށްލުމުން ހައިހޫނުކަން ގެނުވައެވެ.


ކަންނެތް މޮޔަ މީހާގެ ދަނޑުތެރޭން އަހަރެން ހިނގާލަން ދިޔައިމެވެ.


އެތަން ވަނީ ކަށިގަސްތަކާއި ވިނަގަސްތައް ހެދި ވަލަކަށްވެފައެވެ. އެދަނޑުވަނީ ފާރު ވެއްޓި ވީރާނާވެފައެވެ.


ކަންނެތް މީހާ ބުނެއެވެ. ”⁠ބޭރުގައި ސިންގާއެއް އެބައޮތެވެ!⁠“


ދަހިވެތިކަން ތަޅާފޮޅުމެއްގެ ސަބަބަކަށް ވެދެއެވެ. މާތްރަސްކަލާނގެއަށް ވަކީލު ކުރުމުން ތަނަވަސްކަން ލިބެއެވެ.


ކަލޭމެންގެ ތެރޭގައި ތިބި ކަންނެތް މީހުން ހިނިތައް އުޅޭގޮތް ބަލަން ދާށެވެ. އެސޮރުމެންގެ ގާތުން ފިލާވަޅު ލިބިގަންނާށެވެ.


އަދި ކޮންމެ ދުވަހަކު އައިސް އަހަރެން ބުނާ އެއްޗެއް އަޑުއަހަން އަހަރެންގެ ގޭދޮށުގައި އިންތިޒާރުގައި ތިބޭށެވެ. އޭރުން ކަލޭމެންނަށް އުފާވެރިކަން ލިބޭނެއެވެ.


ކުނިވެ ހަލާކުވެދާ ފަދަ ކާތަކެތި ހޯދުމަށްޓަކައި މަސައްކަތް ނުކުރޭ. ނަމަވެސް އަބަދުވެސް ތާޒާކޮށް ހުންނަ އޭގެ ސަބަބުން ނިމުންނުވާ ޙަޔާތް ލިބޭނެފަދަ ކާތަކެތި ހޯދުމަށް މަސައްކަތް ކުރޭ. އެއީ އިންސާނާގެ ދަރިކަލުން ކަލޭމެންނަށް ދެއްވާނެ ކާނާ. އެހެނީ މާތްރަސްކަލާނގެ، އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އެކަލާނގެ މަތިވެރި ބާރުފުޅު އެކަލޭގެފާނަށް ހިބަކޮށް ދެއްވާފަ.⁠“


އަހަރެމެންގެ އެދުމަކީ ކަލޭމެން އެންމެ ފަހުވަގުތާ ހަމަޔަށް ވެސް އެގޮތުގައި އަޒުމާއެކު އުޅެމުން ދިއުމެވެ. އޭރުން ކަލޭމެން ތިޔަ އުންމީދު ކުރާކަންތައް ޔަޤީނުންވެސް ޙަޤީޤަތަކަށްވެ ފުރިހަމަވެގެން ދާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ