25 ހެޔޮގޮތުގައި އުޅޭމީހާއަށް ހިތްފުރެންދެން ކާން ލިބެއެވެ. ނުބައިމީހާ ހުންނާނީ ހާބަނޑަށެވެ.
މާތްރަސްކަލާނގެއަށް ކިޔަމަންވާ މީހާ ބަނޑުހައިވިޔަކަ އެކަލާނގެ ނުދެއްވާނެއެވެ. އެކަމަކު ނުބައިނުލަފާމީހާ ދެވިހިފާވާ ކަންތައްތައް އެކަލާނގެ ކޮށެއް ނުދެއްވައެވެ.
ތަރުބިއްޔަތު ބަލައި ނުގަންނަ މީހާ އަގުވެއްޓި، ވާނީ ފަގީރެވެ. ނަސޭހަތުގެ އަޑުއަހާމީހާ ވާނީ ޝަރަފުވެރިއެވެ.
ހައިހޫނުކަން އައިސް މަގުފޭރޭ މީހަކު ފަދައިން ގަދަވެގަންނާނެއެވެ. ހަތިޔާރާއެކު އައިސް ކަލޯ ލޫޓުވާލާނެއެވެ.
މިހެން ހިތާ ނިދާލާ ވަގުތު ހައިހޫނުކަން އައިސް ފޭރޭ މީހަކު ހެން ކަލޭމެންގެ މައްޗަށް ޖެހިގަންނާނެއެވެ. ލޫޓުވާ މީހަކު ފަދައިން ހަމަލަ ދީފާނެއެވެ.
މި ދުވަސްވަރު މުޅި މިސަރަހައްދަށް ވަރަށް ބޮޑު ތަދަކާއި ކުރިމަތިލާން ޖެހުނު. އޭރު އޭނާގެ ހުރިހާ ލާރި ބޭނުންނެތް ގޮތުގައި ހޭދަކޮށް ހުސްވެއްޖެ. އޭނާއަށް ކާނޭ އެއްޗެއް ނުލިބި ބަނޑުހައި ހޫނުކަމުގެ ހާލުގައި ޖެހިއްޖެ.
އަދި ތިޔަބައިމީހުންގެ ތެރޭގައި އަހަރެމެންވީ ހިނދު އަހަރެމެން މިހެން ބުނީމެވެ. ”މަސައްކަތް ކުރަން ބޭނުނުން ނުވާ މީހަކަށް ކާންދީގެން ނުވާނެ.“
ޖިސްމާނީ ތަމްރީނުތަކުގައި މިންވަރެއްގެ އަގެއް ހިމެނިގެން ވިޔަސް ރޫޙާނީ ތަމްރީނުތައް އެއަށް ވުރެން މާ މުހިންމެވެ. އެއީ ވަޢުދުވެ ވަޑައިގެންވީ ފަދައިން މިކަމުގެ ޖަޒާ ލިބިދެނީ މި ޙަޔާތުގެ އިތުރުން އަބަދަށެވެ.
ފައިސާ ދެކެ ލޯބި ނުވާށެވެ. އަތުގައި ހުރި މިންވަރަކާ މެދު ރުހިގެން ތިބޭށެވެ. އެހެނީ މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ ތިމަންކަލާނގެ ކަލޭމެން އެއްލަވާ ނުލައްވާނަމޭ އެވެ. އަދި ކަލޭމެން ދޫކޮށް ވެސް ނުލައްވާނަމޭ އެވެ.