23 ފަގީރު މީހާގެ ދަނޑުގައި ގިނަ އަދަދެއްގެ ގޮވާން އަޅާފައި ހުރެދެއެވެ. އެކަމަކު ނުބައި މީހުން އެތަކެތި ޙައްގަކާ ނުލައި އަތުލައިގަނެއެވެ.
ބުރަ މަސައްކަތް ކުރާ ދަނޑުވެރިޔާއަށް ކައި އިތުރުވާ ވަރަށް ވެސް ކާނާލިބެއެވެ. އެކަމަކު ޚިޔާލީފޮލާގައި އުޅޭމީހާއަކީ މޮޔައެކޭ އެއްފަދަ މީހެކެވެ.
ބުއްދިވެރި ބަސްތަކުން ލިބޭނީ ފައިދާތަކެވެ. އަދި ބުރަމަސައްކަތުން އޭގެ އިނާމު ލިބިދެއެވެ.
ވައްތީނި ގަހެއް އިންދާ މީހާ އެގަހުގެ މޭވާ ކާނެއެވެ. އެފަދައިން ސާހިބުމީހާގެ ތަކެތި ރައްކާތެރިކޮށްދޭ މީހާއަށް އޭގެ ޝަރަފު ލިބޭނެއެވެ.
ބުރަމަސައްކަތް ކުރާ މީހާއަށް ގިނަ އަދަދެއްގެ ކާނާ ލިބެއެވެ. ހުވަފެނެއްގެ ފަހަތުން ދުވާ މީހާއަށް ލިބެންއޮތީ ހައިހޫނުކަމެވެ.