17 މީހެއްގެ ގާތު ބަހެއް ބުނުމަށް، އިތުބާރުނެތް މީހަކާ ހަވާލުކޮށް ފޮނުވުމުން ލިބޭނީ ގެއްލުމެވެ. އިތުބާރުހުރި މީހާގެ ކިބައިން ލިބޭނީ މޮޅެވެ.
ކަންނެތް މީހަކާ ކަމެއް ހަވާލު ނުކުރާށެވެ. އެއީ ތިމާގެ އަނގަޔަށް ރާހުތް އެޅުމެކޭ، ލޮލަށް ދުން ބުރުވުމެކޭ އެއްފަދަ ކަމެކެވެ.
ތަރުބިއްޔަތު ބަލައި ނުގަންނަ މީހާ އަގުވެއްޓި، ވާނީ ފަގީރެވެ. ނަސޭހަތުގެ އަޑުއަހާމީހާ ވާނީ ޝަރަފުވެރިއެވެ.
އިތުބާރު ކުރެވޭ ޕިޔޯނު މީހާ ހޫނުގަދަ ދުވަހެއްގައި ވެހޭ ފިނި ވާރޭ ފެން ފަދައެވެ. އޭނާ އޭނާގެ ސާހިބުމީހާގެ ފުރާނައަށް ތާޒާކަން ގެނުވައެވެ.
އުތުރުން ޖެހޭ ވަޔާއެކު ވާރޭ އަންނަ ހެން ދެބަކުޓުވާ ދުލަކުން ރުޅިވެރިކަން އުފައްދައެވެ.
މޮޔައަކަށް އިތުބާރުކޮށް އޭނާގެ އަތުގައި ސިޓީއެއް ފޮނުވުމަކީ އަމިއްލަ ފައި ކަނޑާލުން ނުވަތަ ޒަހަރެއް ބުއިން ފަދަ ކަމެކެވެ.
އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙު އަހަރެންނާއިމެދު ބައްލަވާ ވޮޑިގަންނަވާ އިތުބާރު ކުރައްވާ މާތް ސާހިބާއަށް ޚިދުމަތް ކުރެއްވުމުގެ ބާރު ދެއްވައި އަހަރެން ހޮއްވެވި ކަމަށްޓަކައި ޝުކުރު ކުރަމެވެ.
އަހަރެން ކިޔަވައިދިން ކަންތައް ވަރަށްގިނަ ހެކިވެރިންނާއެކު ތިބާއަށް ވާނީ އަޑުއިވިފައެވެ. އަހަރެން އެދެނީ އަހަރެން އެ ދަސްކޮށްދިން ކަންތައް އެހެންމީހުންނަށް އުނގަންނައިދެވޭނެ އިތުބާރު ހުރި ތިބި ބަޔަކަށް އެވާހަކަތައް ކިޔައިދިނުމަށެވެ.