Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 13:10 - ކިތާބުލް މުޤައްދަސާ

10 ބޮޑާކަމުން ގެނެސްދެނީ މަސްއަލަތަކެވެ. ނަސޭހަތް އަޑު އެހުމަކީ ބުއްދިވެރިންގެ ކަމެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 13:10
23 ပူးပေါင်းရင်းမြစ်များ  

ނުރަނގަޅު ގޮތަށް ހޯދާ ފައިސާ އެތިއެތިކޮޅުން ގެއްލި ހުސްވެއެވެ. އެތިއެތިކޮޅުން ހެޔޮގޮތުގައި ހޯދާފައިސާ ދުވަހެއް ދުވަހަކަށް ދާނީ ގިނަވަމުން ގުނަވަމުންނެވެ.


ހެޔޮމީހުން ބައްތިއެއް ފަދައިން އަލިގަދަކޮށް ދިއްލިފައި ހުރެއެވެ. ނުބައިމީހާގެ ބައްތި ލަސްތަކެއް ނުވެ ނިވިދާނެއެވެ.


އަރައިރުމެއް ފެށުމެކޭ ހިފަހައްޓާފައި ހުރި ފެންގަނޑެއްގެ ދޮރާށި ހުޅުވާލުމެކޭ އެއްފަދައެވެ. ޒުވާބެއް ފެށުމުގެ ކުރީގައި އެކަން ހުއްޓުވާށެވެ.


ލިބެން އޮތްހާ ހެޔޮ ނަސޭހަތަކާއި އިލްމެއް ލިބިގަންނާށެވެ. އޭރުން ތިމާ މުޅި އުމުރުގައި ޙިކުމަތްތެރި ވާނެއެވެ.


ރޭވުންތައް ކާމިޔާބުވަނީ ރަނގަޅު މަޝްވަރާގެ މަތިންނެވެ. ބުއްދިވެރި ލަފަޔަކާ ނުލައި ހަނގުރާމައަކަށް ނުދާށެވެ.


ބޮޑާކަމާއެކު މަލާމާތް ކުރާ މީހާ އަކީ ހައްދެއްނެތްހާ ކިބުރުވެރިއެކެވެ.


އަވަސް އަރައިގެން ސަރިޔަތަށް ނުދާށެވެ. ނޫނީ ކަލޭ ކުރި ދައުވާ ކާމިޔާބު ނުވެ އަވަށްޓެރިޔާގެ ކުރިމަތީގައި ލަދުގަންނަން ޖެހިދާނެއެވެ.


ދަހިވެތިކަން ތަޅާފޮޅުމެއްގެ ސަބަބަކަށް ވެދެއެވެ. މާތްރަސްކަލާނގެއަށް ވަކީލު ކުރުމުން ތަނަވަސްކަން ލިބެއެވެ.


އަދި އެމީހުންގެ ތެރެއިން އެންމެ މަތީ މަޤާމެއް ވާނީ ކާކަށް ކަމާއިމެދު ވެސް އެމީހުންގެ މެދުގައި ޒުވާބު އުފެދިއްޖެއެވެ.


މިފަދަ އެދުރުންގެ ބޮޑާކަމާއި ޖާހިލުކަމުގެ އިތުރުން ހުރިހާ ތަކެއްޗެއް އެނގޭކަމުގައި ބުނާނެއެވެ. އަދި ބޭނުމެއް ނެތް ގޮތުގައި ބަސްބަހުގެ މާނައާ މެދު ހިތުގައި ބަލިމަޑުކަމެއް ކުރިމަތި ވަންދެން ޒުވާބު ކުރާހިތްވެދެއެވެ. އޭގެ ނަތީޖާއަކީ ހިތުގައި އުފެދޭ ދެކޮޅުވެރިކަމުގެ ސަބަބުން އަނބުރާ ބެހުމާއި އެކަކު އަނެކަކަށް ޙަސަދަވެރި ވުމުގެ އިތުރުން ޝައިތާނީ ޝަކުވާތައް ކުރުމެވެ.


ކަލޭމެންގެ މެދުގައިވާ ދެބަސްވުންތަކާއި އަރާރުންވުންތައް އައީ ކޮންތަނަކުން ހެއްޔެވެ؟ އެއީ ކަލޭމެންގެ ހިތްތަކުގައިވާ އަމިއްލަ އެދުންތައް ކަލޭމެންނާއި ހަނގުރާމަ ކުރާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ