9 މަތިވެރި މީހެއްގެ ގޮތްދައްކައިގެން ހުރެމެ ކާނެ އެއްޗެއް ނެތް މީހާއަށް ވުރެން، ގެންގުޅޭނެ ޚާދިމަކު ހުރި އާދައިގެ މީހަކު ވެސް މާ ރަނގަޅެވެ.
ހެޔޮމީހުން އެމީހުންގެ ޖަނަވާރުތަކަށް ވެސް ހެޔޮވާނެއެވެ. ނުބައިމީހާ އެތަކެއްޗަށް ވެސް އަނިޔާވެރި ވާނެއެވެ.
ބުއްދިވެރިޔާއަށް މީހުންގެ ހެޔޮބަސްތައް ލިބެއެވެ. މޮޔަމީހާއަށް މީހުންގެ ނަފްރަތު ލިބެއެވެ.
އެކައްޗެއް ވެސް އަތުގައި ނެތް މީހުން މުއްސަނދިން ކަމަށް ހެދިގަނެއެވެ. ހުރިހާ އެއްޗެއް ހުރި މީހާ ފަގީރެއްކަމަށް ހެދިގަނެއެވެ.
’މިފަދަ މީހުން އެބައިމީހުންގެ ބަސްތަކުން ތިމަންކަލާނގެއަށް ޤަދަރުކުރާކަން ދައްކައޭ. އެކަމަކު އެބައިމީހުންގެ ހިތްތައްވަނީ ތިމަންކަލާނގެ އާއި ވަރަށް ދުރުގައޭ.
އެއީ ހިތުގައި އަމިއްލަ ނަފްސުގެ މައްޗަށް ކިބުރުވެރިކަން ވާ ކޮންމެ މީހަކު ދަށްކުރެވޭނެ. އަދި ހިތުގައި ކިބުރުވެރިކަން ނުވާ ކޮންމެ މީހަކު މަތި ކުރެއްވޭނެ.“