ހަރުބަސްތައް 12:8 - ކިތާބުލް މުޤައްދަސާ8 ބުއްދިވެރިޔާއަށް މީހުންގެ ހެޔޮބަސްތައް ލިބެއެވެ. މޮޔަމީހާއަށް މީހުންގެ ނަފްރަތު ލިބެއެވެ. အခန်းကိုကြည့်ပါ။ |
ހަމައެވަގުތު މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ހެރޮދުއަށް ހަމަލާދިނުމުން އޭނާއަށް ބައްޔެއްޖެހުނެވެ. ދެން އޭނާގެ ހަށިގަނޑުގައި ފަނިތަކެއް އުފެދި ހަށިގަނޑު ހަލާކުވެ އެ ގޮތުގައި އޭނާ މަރުވެ ދިޔައެވެ. ހެރޮދުއާއި ދޭތެރޭ މި ފަދައިން ކަންތައް ވީ އެއީ އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙައްޤުވެގެންވާ ސަނާ އެކަލާނގެ ކިބަފުޅަށް ނުދީ އެ ސަނާ އަމިއްލެއަށް ލިބިގަތުމުންނެވެ.
ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”ކަލޭގެފާނު ކަންތައް ތި ކުރެއްވީ ވަރަށް ވެސް ވިޔާނުދާކޮށް. އެހެނީ ކަލޭގެފާނުގެ ކަލާނގެ، މަތިވެރި މާތްރަސްކަލާނގެ އަމުރުފުޅާ އެއްގޮތަށް ކަލޭގެފާނު ކަންތައް ކުރެއްވި ނަމަ އެކަލާނގެ ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު މީހުން ހުރިހާ ދުވަހަކު ވެސް އިސްރާއީލުގެ ވެރިކަމުގައި ލެހެއްޓެވީސް.
ތިމަންރަސްކަލާނގެ، އިސްރާއީލުގެ ވެރި މާތްކަލާނގެ އަންގަވާފައި ވާނީ ކަލެއާއި ކަލޭގެ އާއިލާ ތިމަންކަލާނގެއަށް ޚިދުމަތްކުރުމަށް އިމާމުންގެ ގޮތުގައި އަބަދުވެސް ވާނެކަމަށް. އެހެނެއްކަމަކު މިހާރު ކަންތައް މިދަނީ މާ މައްޗަށް. ތިމަންކަލާނގެ މިހާރު މި އަންގަވަނީ ތިމަންކަލާނގެ ޤަދަރު ކުރައްވާނީ ތިމަންކަލާނގެއަށް ޤަދަރު ކުރާ ބަޔަކަށޭ. ތިމަންކަލާނގެއަށް ނިކަމެތިކޮށް ހިތާމީހުން ވާނީ ނިކަމެތި ކުރެވިގެންވާ މީހުންގެ ތެރޭގައޭ.