7 ނުބައިމީހާ ނެތިވެ ދިއުމުން އެ ނިމުނީއެވެ. އެކަމަކު މާތްރަސްކަލާނގެ މަގުގައި ތިބޭ ބައެއްގެ އާއިލާ އެގޮތުގައި ދެމި ތިބޭނެއެވެ.
ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިކޮޅު އަބަދުވެސް ތިމަންކަލާނގެ ބަލަހައްޓަވާހުށީމޭ؛ ކަލޭގެފާނުގެ ދަރިކޮޅުން އެކަކު ތަޚުތުގައި އަބަދުވެސް ލަހައްޓަވާ ހުށީމޭ.‘“
އެގޮތުން އިނބަރަސްކަލާނގެ ނަންފުޅު ދާއިމަށް މަތިވެރި ކުރައްވާށި! އޭރުން މީސްތަކުން ބުނާނެ. ’އުޑުތަކުގެ ލަޝްކަރުގެވެރި ރަސްކަލާނގެއަކީ އިސްރާއީލުންގެ ވެސް ވެރި ރަސްކަލާނގެއޭ!‘ އިނބަރަސްކަލާނގެ ޚާދިމު ދާއޫދުގެ ރަސްމަތިފުށް އިނބަރަސްކަލާނގެ ކުރިފުޅުމަތީގައި އަބަދުވެސް ދަމަހައްޓަވާށި.
ޙަޔާތަށް ތޫފާނެއް އަންނަ ހިނދު ނުބައިނުލަފާމީހުން ގެއްލި ހިނގައިދާނެއެވެ. އެކަމަކު ޞާލިޙުން ތިބޭނީ އަބަދުވެސް ސަލާމަތްކަން މަތީގައެވެ.
ނުބައި ނުލަފާ މީހުންނަށް އެކަމުގެ ސަޒާ ލިބޭނެކަމީ ޔަޤީންކަމެކެވެ. އެކަމަކު މާތްކަލާނގެއަށް ކިޔަމަންތެރި ޞާލިޙުންނަށް އަދަބެއް ނުލިބޭނެއެވެ.
ބުއްދިވެރިޔާއަށް މީހުންގެ ހެޔޮބަސްތައް ލިބެއެވެ. މޮޔަމީހާއަށް މީހުންގެ ނަފްރަތު ލިބެއެވެ.
ބުއްދިވެރި އަންހެނާ އޭނާގެ ގެ އާބާދު ކުރެއެވެ. މޮޔަ އަންހެނާ ގެ ބަރުބާދު ކުރެއެވެ.
މާތްކަލާނގެ މަގުގައި ހުންނަ މީހާގެ ޖިފުޓިގަނޑު އެގޮތުގައި ހުރެއެވެ. އެކަމަކު ނުބައި ނުލަފާމީހާގެ ގަނޑުވަރު ފުނޑުފުނޑު ވެދެއެވެ.
ބޮޑާމީހާގެ ގެދޮރު މާތްރަސްކަލާނގެ ނައްތަވާ ލައްވައެވެ. އެކަމަކު ހުވަފަތް އަންހެނާގެ ގޮވަތި ރައްކާތެރި ކުރައްވައެވެ.