28 ޞާލިޙުކަމަކީ ދިރިހުރުމާ ދިމާއަށް ދާ މަގެވެ. ނުބައިކަމުގެ މަގުން ދެވެނީ މަރާ ދިމާއަށެވެ.
ޞާލިޙުކަމުގެ އުޖޫރައަކީ ރަނގަޅު ދިރިއުޅުމެކެވެ. ނުބައިކަމުގެ އުޖޫރައަކީ ޢުޤޫބާތެވެ.
ނުރަނގަޅުގޮތުގައި ކަލެއަށް ލިބޭ މުއްސަނދިކަމަކުން ވާނެ މޮޅެއް ނޯވެއެވެ. އެކަމަކު ތެދުވެރިކަން ކަލޭގެ ފުރާނަ ސަލާމަތް ކޮށްދެއެވެ.
ހެޔޮކަންތައް ކުރަން ހިތުލައިގެން ހުންނަމީހާ ދިރި ހުންނާނެއެވެ. ނުބައިކަންތައް ކުރަން ހިތުލައި ހުންނަ މީހާ މަރުވެ ނެތިދާނެއެވެ.
އަހަރެން ފެންނަ މީހަކަށް ދިރުން ލިބޭނެއެވެ. އަދި އެބަޔަކާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގެންވާނެއެވެ.
އަހަރެންގެ ފަހަތުން ކަލޭމެން އުޅޭނަމަ ކަލޭމެންނަށް ދިގު އުމުރެއް ލިބޭނެއެވެ.
ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން އަބަދުވެސް އަލްމަސީޙު އަމަލު ކުރައްވާނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިންނެވެ. އެހެންކަމުން އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލު ކުރާ އެންމެންނަކީ އެކަލާނގެ ދަރިންކަން އަހަރެމެންނަށް އެނގެއެވެ.
އަހަރެންގެ ދަރިންނޭވެ! އެއްވެސް މީހަކަށް ތިޔަބައިމީހުން މަގުފުރެއްދުމަށް ފުރުސަތު ނުދީ ސަމާލުވެ ތިބޭށެވެ. މީސްތަކުން ހެޔޮ އަމަލުތައް ކުރުމުން ދައްކައިދެނީ އެބައިމީހުންނަކީ ޞާލިޙު ބައެއް ކަމެވެ. އަދި އެބައިމީހުން އަލްމަސީޙު ފަދައިން ޞާލިޙު ކަމެވެ.
އަހަރެންގެ އިޚުލާސްތެރި އަޚާއެވެ. ނުބައި އެއްވެސް ކަމެއް ނަކަލު ނުކުރާށެވެ. ނަމަވެސް ހެޔޮ ކޮންމެ ކަމެއްމެ ބަލައިގަންނާށެވެ. ހެޔޮ އަމަލު ކުރާ މީހާ މިލްކުވެގެން ވަނީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. އެހެނަސް ނުބައި އަމަލުކުރާ ބަޔަކަށް މާތްކަލާނގެއަކީ ކޮބައިކަމެއް ނޭނގެއެވެ.