Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 12:26 - ކިތާބުލް މުޤައްދަސާ

26 ޞާލިޙު މީހާ އޭނާގެ އަވަށްޓެރިޔާއަށް ހެޔޮ މަގުދައްކައެވެ. ނުބައި މީހާ އެމީހުންނަށް ދައްކާނީ ގެއްލުން ހުރި މަގެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 12:26
16 ပူးပေါင်းရင်းမြစ်များ  

ވިޔާނުދާ ބަސްތައް ބުނާ މީހާ ވެއްޓޭނީ އޭނާ ކޮނުނު އަނދަވަޅަށެވެ. އެކަމަކު ހެޔޮމީހާ އެއަނދަވަޅަކަށް ނުވެއްޓޭނެއެވެ.


ހާސްކަމަކީ ހިތަށް އުފުލަންޖެހޭ ބުރައެކެވެ. އޯގާވެރި ބަހަކީ ހިތަށް ލިބޭ ހިތްހަމަޖެހުމެކެވެ.


ކަންނެތްވެ ނުކައްކާ މީހާ ހުންނާނީ ހާބަނޑާ އެވެ. ބުރަ އުފުލުމުން އެދޭކަންތައް ހާސިލްވެއެވެ.


ނުބައިކަމަކަށް ރާވާމީހާ ވާނީ ގެއްލިހަލާކެވެ. ހެޔޮކަންތައް ރާވާމީހާއަށް އެހެންމީހުންގެ ލޯތްބާއި ވަފާތެރިކަން ލިބޭނެއެވެ.


އަނިޔާވެރިން އެމީހުންގެ އެކުވެރިންނަށް މަގު އޮޅުވާލައެވެ. އެމީހުންލައްވާ ގޯސް ހައްދުވައެވެ.


ތަންދޮރު އެނގޭ މީހާގެ ބަސް މަދުވާނެއެވެ. ތަންދޮރު ދަންނަ މީހާގެ ރުޅިމަޑު ވާނެއެވެ.


އަހަރެން ތިޔަބައިމީހުންނަށް މި ލިޔުން ލިޔާ ސަބަބަކީ ތިޔަބައިމީހުން މަގުފުރެއްދުމަށް މަސައްކަތް ކުރަމުން ދާ ފަރާތްތަކާއިމެދު ހޭލުންތެރި ކުރުވުމަށެވެ.


އެ ޑްރޭގަން ނަގައި އެއްލާލެވުނެވެ. އެއީ ގަދީމީ ހަރުފަ ވެސްމެއެވެ. އޭގެ ނަމަކީ: އިބިލީސް، ނުވަތަ ދުނިޔޭގެ ކެހިވެރިޔާ ކަމުގައި ވާ ޝައިތާނާއެވެ. އެ ޝައިތާނާ ދުނިޔޭގެ ތެރެއަށް އެއްލާލެވުނެވެ. އޭނާ އާއިއެކު އޭނާގެ މަލާއިކަތުން ވެސް އެއްލާލެވުނެވެ.


ކަނޑު ދާއްބައިގެ ކުރިމަތީގައި ބިމު ދާއްބައަށް ލިބިގެންވާ ބާރުގެ ބޭނުންކޮށްގެން އޭތި ދެއްކި މުޢުޖިޒާތްތަކުން ދުނިޔޭގައި ތިބި މީސްތަކުން މޮޔަހެއްދުވިއެވެ. ކަނޑު ދާއްބައިގެ ސޫރަ ހަދައި އެއަށް އިޙްތިރާމް ކުރުމަށް ބިމު ދާއްބަ މީސްތަކުންނަށް އަމުރު ކުރިއެވެ. އެހެނީ މި ކަނޑު ދާއްބައަކީ ކަނޑިން ޒަޚަމްވެ ދިޔަ ހިނދު ވެސް މަރުނުވެ ދިރިހުރި ފަރާތެއް ކަމުގައި ވާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ