20 ހީލަތްތެރިޔާގެ ހިތުގައި ވާނީ ގެއްލުންދެނިވި ރޭވުންތަކެވެ. ސުލްޙަވެރިކަން ގެންނަން ރާވާ މީހާ ހުންނާނީ އުފަލުގައެވެ.
ވަގުން ހަސަދަވެރިވާނީ އަނެއް ވަގުކަލޭގެ ވަގަށް ނަގައިގެން ގެންނަ ތަކެއްޗާ މެދުގައެވެ. ހެޔޮމީހާ ހުންނާނީ އޭނާގެ އަމިއްލަ ދެފައިމަތީގައެވެ. މޭވާއަޅާ ގަހެއް ފަދައިންނެވެ.
ތެދަކީ ދާއިމަށް ދެމިގެންދާނެ އެއްޗެކެވެ. ދޮގުތައް އިސާހިތަކު ފަޅާއަރާފާނެއެވެ.
މާތްކަލާނގެ މަގުގައި ތިބި ބަޔަކަށް ގެއްލުމެއް ނެތެވެ. ނުބައި މީހުންނަށް ކުރިމަތިވާނީ މުސީބާތެވެ.
މާތްރަސްކަލާނގެ ބަރަކާތް ހުރީ ސުލްޙަކުރުވާ މީހުންނަށް. އެހެނީ މާތްރަސްކަލާނގެ އެކަލާނގެ ދަރިންގެ ގޮތުގައި އެފަދަމީހުންނާއި މުޚާތަބު ކުރައްވާނެ.
ކަލޭމެން ސުލްޙަވެރިކަމާއެކު އެންމެންނާއެކު އެކުއުޅެވޭތޯ ބަލާށެވެ. އަދި ތާހިރު މުޤައްދަސް ދިރިއުޅުމެއް އުޅޭށެވެ. އެފަދަ ދިރިއުޅުމެއް ނޫޅެ މާތްރަސްކަލާނގެ ޙަޟްރަތަކަށް ނުދެވޭނެއެވެ.