Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 12:13 - ކިތާބުލް މުޤައްދަސާ

13 ވިޔާނުދާ ބަސްތައް ބުނާ މީހާ ވެއްޓޭނީ އޭނާ ކޮނުނު އަނދަވަޅަށެވެ. އެކަމަކު ހެޔޮމީހާ އެއަނދަވަޅަކަށް ނުވެއްޓޭނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 12:13
21 ပူးပေါင်းရင်းမြစ်များ  

އަހަރެންނަށް ދިމާވި އެންމެހާ އުނދަގޫތަކުން މާތްރަސްކަލާނގެ މަލާއިކަތާ އަހަރެން ސަލާމަތް ކޮށްދެއްވި. މި ހިނދު މި ދެ ކުދިންގެ މައްޗަށް އެކަލާނގެ ބަރަކާތް ލެއްވުމަށް އަޅާ ދުޢާ ދަންނަވަމު. މި ދެ ކުދިން މެދުވެރި ކުރައްވައި އަޅާގެ ނަން ދަމަހައްޓަވާދޭނވެ! ހަމައެހެންމެ މިއަޅާގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނުގެ ނަންފުޅު ވެސް މި ދެ ކުދިން މެދުވެރި ކުރައްވައި ދަމަހައްޓަވައި މި ދުނިޔޭގެ ބިމުގައި މި ކުދިންގެ ދަރިކޮޅު އިތުރު ކުރައްވައިފާނދޭވެ.⁠“


މިމީހުން މިހެން ދެންނެވުމުން ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންގެ ހުރިހާ މުސީބާތަކުން ސަލާމަތް ކުރައްވާ ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ހުވާކޮށްފައި ބުނަން،


ކަލޭގެ ކިބައިގައި ހެޔޮވިސްނުމެއް ވާނަމަ ހެޔޮބަސް ގަބޫލުކޮށް ހެޔޮ ނަސޭހަތުގެ އަޑު އަހާހިތް ވާނެއެވެ. އަނގަގަދަ މޮޔައިން ވެއްޓޭނީ އަނގަވަތަށެވެ.


މުސީބާތް ނުބައި މީހުންނާ ކުރިމަތިވަނީ ހެޔޮމީހުން ފަހަނަޅާ އައިހެވެ.


ބުއްދިވެރިން ބުނާބަސްތަކުން ޙިކުމަތްތެރިކަން ލިބިގަންނަ ހިތްވެއެވެ. މޮޔައިންގެ އަނގައިން އޮހިގަންނާނީ ބޭކާރު ބަސްތަކެވެ.


ތިމާ ބުނާ ބަހަކުން ދިރިހުރުން ނުވަތަ މަރު ކުރިމަތިވެދެއެވެ. ބަސްގިނަ މީހާ އެކަމުގެ ނަތީޖާއާ ކުރިމަތިލާން ޖެހެއެވެ.


ދޫރައްކާތެރިކޮށް އަނގަމަޑުންލައިގެން ހުންނާށެވެ. އޭރުން ތިމާ ހަލާކުގެ ތެރެއަށް ނުވެއްޓި ހުރެވޭނެއެވެ.


ކަލޯ ބުނި ބަހުގައި ކަލޯ ތާށިވީއެވެ.


ދެން އެ ހުރިހާ އެންމެން އެއްއަޑަކުން ޖަވާބު ދިނެވެ. ”⁠އަހަރެމެންނާއި އަދި އަހަރެމެންގެ ދަރިން އޭނާގެ މަރުގެ ޒިންމާ އުފުލާނަން!⁠“


މިކަންތައްތައް ދައްކައިދެނީ ސާލިޙު ގޮތުގައިވާ ފަރާތްތަކަށް ކުރިމަތިވާނެ މުސީބާތްތަކުން ސަލާމަތް ކޮށްދެއްވަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އިންސާފު ކުރައްވާ ދުވަހުން ފާޙިޝް އަމަލުތަކުގައި ވާ ފަރާތްތަކަށް ޢުޤޫބާތް ދެއްވުމުގައި ސާހިބުވަންތަ ރަސްކަލާނގެ ކުޅަދުންވަންތަކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ