12 ވަގުން ހަސަދަވެރިވާނީ އަނެއް ވަގުކަލޭގެ ވަގަށް ނަގައިގެން ގެންނަ ތަކެއްޗާ މެދުގައެވެ. ހެޔޮމީހާ ހުންނާނީ އޭނާގެ އަމިއްލަ ދެފައިމަތީގައެވެ. މޭވާއަޅާ ގަހެއް ފަދައިންނެވެ.
މުއްސަނދިކަން އެއީ މީހާގެ ކިއްލާއެވެ. ހައިހޫނުކަން ފަގީރުމީހާ ހަލާކަށް ހުށަހަޅުވައެވެ.
ހެޔޮ ދިރިއުޅުމެއް އުޅޭށެވެ. އޭރުން ދިރިހުރުމުގެ ގަހުން މޭވާ ކާން ލިބޭނެއެވެ. ބުއްދިވެރިގޮތުގައި އުޅޭނަމަ ރަޙުމަތްތެރިން ތިމާގެ ފަސްފަހަތުން އަންނާނެއެވެ.
ނުބައި މީހުން ކުރަން ބޭނުންވާނީ ނުބައި ކަންތަކެވެ. އެމީހުންގެ އަވަށްޓެރިންނަށް އެމީހުންގެ ހެވެއް ނުލިބެއެވެ.
ކަލޭމެން އަހަރެން ޚިޔާރެއް ނުކުރޭ. ކަލޭމެން ޚިޔާރު ކުރީ އަހަރެން. އަބަދުގެ އަބަދަށް ދެމިހުންނަ ފަދަ މޭވާ ލިބޭނެ މަސައްކަތް ކުރުމަށް ކަލޭމެން ޚިޔާރު ކޮށް ފޮނުވީ އަހަރެން. އެއީ އޭރުން ކަލޭމެން އަހަރެންގެ ނަމުގައި އެދުނު ކޮންމެ ކަމެއް ވެސް އަހަރެންގެ ބައްޕާފުޅު ކަލޭމެންނަށް ފުއްދަވާ ދެއްވާނެ.
އަހަރެން މީ މޭބިސްކަދުރު ވެޔޮ. ކަލޭމެންނީ އެވެލުގެ ގޮފިތައް. އަހަރެންނާއި ގުޅިފައިވާ މީހުން ކިބައިން އެތައް މޭވާއެއް ލިބޭނެ. ނަމަވެސް އަހަރެންނާއި ގުޅިފައި ނުވާ މީހުން ކިބައިން އެއްވެސް މޭވާއެއް ނުލިބޭނެ.