10 ހެޔޮމީހުން އެމީހުންގެ ޖަނަވާރުތަކަށް ވެސް ހެޔޮވާނެއެވެ. ނުބައިމީހާ އެތަކެއްޗަށް ވެސް އަނިޔާވެރި ވާނެއެވެ.
މަތިވެރި މީހެއްގެ ގޮތްދައްކައިގެން ހުރެމެ ކާނެ އެއްޗެއް ނެތް މީހާއަށް ވުރެން، ގެންގުޅޭނެ ޚާދިމަކު ހުރި އާދައިގެ މީހަކު ވެސް މާ ރަނގަޅެވެ.
އެ އަންހެންމީހާ ބުންޏެވެ. ”ސާހިބާ އެކަމަކު މި ވަޅަކީ ވަރަށް ބޮޑު އަދި އެހާމެ ފުންވަޅެއް. އަދި ތިޔަބޭފުޅާގެ އަތުގައި ވަލެއް ނުވަތަ ބާލިދީއެއް ވެސް ނެތް. ވީއިރު ތިޔަބޭފުޅާ ފެން ނަންގަވާނީ ކިހިނެއް؟
ނަމަވެސް އަހަރެމެންގެ ތެރެއިން މީހަކު ތަނަވަސް ޙަޔާތެއްގައި ވާހިނދު އަދި އޭނާގެ އަޚާއާއި އުޚުތާގެ ޒަރޫރީ ބޭނުންތައް ފެނުނަކަސް އެހީތެރިއެއް ނުވެއެވެ. އެކަމުން ދައްކަނީ މިފަދަ މީހާ މާތްރަސްކަލާނގެ ދެކެ ލޯތްބެއް ނުވާކަމެވެ.
ނާޙިސް ބުންޏެވެ. ”ކަލޭމެންނާ މުޢާހިދާއެއް ކުރާނެ އޮތީ އެންމެ ގޮތެއް. އެއީ ކަލޭމެން އެންމެންގެ ކަނާތު ލޯ އުފުރާލުން. އެއީ އިސްރާއީލުގެ މީހުންނަށް ވޭން ދީ ނިކަމެތި ކޮށްލުމަށްޓަކާ.“