ހަރުބަސްތައް 11:9 - ކިތާބުލް މުޤައްދަސާ9 ނުބައި މީހުންގެ ނުބައި ބަސްތަކުން އަވަށްޓެރިޔާއަށް މުސީބާތް ކުރިމަތި ކުރެއެވެ. އެހެންނަމަވެސް ހެޔޮ މީހާ ތަންދޮރު ދަންނާތީ އޭނާގެ ރައްކާތެރިކަން ހޯދައިގަނެއެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ލެއްވިއެވެ. އަދި އެ މާތްރޫޙުފުޅު ތިޔަބައިމީހުންނާއި އެކުގައި ވުމުން އިތުރު އެދުރެއްގެ އުނގަންނައިދިނުމެއް ތިޔަބައިމީހުންނަކަށް ބޭނުމެއް ނުވެއެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުން ޙައްޤު ތެދުމަގަކީ ކޮބައިކަން އަންގަވައި ދެއްވައެވެ. އަދި މާތްރަސްކަލާނގެ އެ މާތްރޫޙުފުޅު ތިޔަބައިމީހުންނަށް އެންމެހާ ތަކެތި އުނގަންނައި ދެއްވައެވެ. އެހެންވީމާ، އަލްމަސީޙާއި އެކުގައި ޙަޔާތް ވޭތުކުރުމުގައި ކުރިއަށް ދާށެވެ. އެއީ އެމަތިވެރި ރޫޙުފުޅު ތިޔަބައިމީހުންނަށް އުނގަންނައި ދެއްވިގޮތުގެ މަތިންނެވެ.