30 ހެޔޮ ދިރިއުޅުމެއް އުޅޭށެވެ. އޭރުން ދިރިހުރުމުގެ ގަހުން މޭވާ ކާން ލިބޭނެއެވެ. ބުއްދިވެރިގޮތުގައި އުޅޭނަމަ ރަޙުމަތްތެރިން ތިމާގެ ފަސްފަހަތުން އަންނާނެއެވެ.
ވަގުން ހަސަދަވެރިވާނީ އަނެއް ވަގުކަލޭގެ ވަގަށް ނަގައިގެން ގެންނަ ތަކެއްޗާ މެދުގައެވެ. ހެޔޮމީހާ ހުންނާނީ އޭނާގެ އަމިއްލަ ދެފައިމަތީގައެވެ. މޭވާއަޅާ ގަހެއް ފަދައިންނެވެ.
ތެދު ހެކިދޭ މީހާ މީސްތަކުންގެ ފުރާނަ ސަލާމަތް ކުރެއެވެ. ދޮގުހެކި ދޭނީ ޚާއިނެކެވެ.
އޯގާވެރި ބަސްތަކަކީ ދިރުންދޭ ގަހެކެވެ. ހީލަތްތެރި ބަސްތަކަކީ ފުރާނައިގެ ހަލާކެވެ.
ޙިކުމަތަކީ ދިރުންދޭ ގަހެވެ. އެގަހުގައި ހިފަހައްޓާ ބަޔަކަށް އުފާވެރިކަން ލިއްބައިދޭ ވަސީލަތެވެ.
އީސާގެފާނު އެ ދެބެއިންނަށް ވިދާޅުވިއެވެ. ”އަހަރެންނާއި އެކުގައި އާދޭ. މަސް ހިފުމުގެ ބަދަލުގައި ތިޔަބައިމީހުންނަށް އިންސާނުން ހިފާނެ ގޮތް ދަސްކޮށްދޭނަން.“
ގޮވާން ކަނޑާ މީހުންނަށް އެކަމުގެ މުސާރަ އެބަ ލިބޭ. އެމީހުން އެ އެއްކުރާ ގޮވާމަކީ ނިމުންނުވާ ޙަޔާތަށްޓަކައި އެއްކުރެވޭ މީސްތަކުން. އެހެން ކަމުން ގޮވާން އިންދި މީހުންނާއި އަދި ގޮވާން ކަނޑަން މަސައްކަތް ކުރާ މީހުންނާއި ދެބައިމީހުންމެ އެކުއެކީ އުފާފާޅުކުރާނެ.
އަހަރެމެންގެ މާތްސާހިބާ އީސާގެފާނު ވަޑައިގަންނަވާހިނދު އަހަރެމެންގެ އުންމީދަކީ ކޮބައިހެއްޔެވެ؟ އަހަރެމެން އުފާކުރުވާ އަދި އަހަރެމެންގެ ބޮލުގައި އެޅޭނެ ފަޚުރުވެރި ތާޖަކީ ކޮބާހެއްޔެވެ؟ އެއީ ތިޔަބައިމީހުންނެވެ.
އޭރުން ޙައްޤުން އެއްކިބާވެފައިވީ ފާފަވެރިޔާ ހެޔޮމަގަށް ގެނެސް ދިނުމުން އޭނާގެ ފުރާނަ މަރުން ސަލާމަތް ވެއެވެ. އަދި އެބައިމީހުންގެ ގިނަގުނަ ފާފަތައް ޢަފޫކުރައްވައެވެ.
ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވި އެއްޗެއްގެ އަޑުއަހާ! ނަސްރު ހޯދާ ފަރާތްތަކަށް މާތްރަސްކަލާނގެ ބަގީޗާގައިވާ ޙަޔާތު ލިބިދޭ ގަހުގެ މޭވާ ކެއުމުގެ ޙައްޤު އަހަރެން ދޭނަން.“