Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 11:20 - ކިތާބުލް މުޤައްދަސާ

20 މަކަރުވެރިން ދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. ހެޔޮމީހުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގަންނަވައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 11:20
20 ပူးပေါင်းရင်းမြစ်များ  

ނުބައި ނުލަފާ މީހުންނަށް އެކަމުގެ ސަޒާ ލިބޭނެކަމީ ޔަޤީންކަމެކެވެ. އެކަމަކު މާތްކަލާނގެއަށް ކިޔަމަންތެރި ޞާލިޙުންނަށް އަދަބެއް ނުލިބޭނެއެވެ.


ދޮގުވެރިޔާދެކެ މާތްރަސްކަލާނގެ ނަފްރަތު ކުރައްވައެވެ. ތެދުވެރިންނަކީ އެކަލާނގެއަށްވާ އުފާފުޅެކެވެ.


ޞާލިޙުކަން ކުށެއްނެތް މީހާއަށް މަގުދައްކައެވެ. ފާފަވެރިކަން ނުބައިމީހާ ހަލާކުކޮށްލައެވެ.


ކުށެއް އިސްލާހު ކުރަން އުޅޭ މީހާއަށް މޮޔައިން މަލާމާތްކުރެއެވެ. ހެޔޮލަފާމީހާ އެކަން ބަލައިގަނެ އެކަމާ އުފާކުރެއެވެ.


ފާޙިޝް ފިކުރުތައް ދެކެ މާތްރަސްކަލާނގެ ނަފްރަތުކުރައްވައެވެ. އެކަމަކު އޯގާވެރި ބަސްތައް ދެކެ ރުހި ވޮޑިގަންނަވައެވެ.


ނުބައިމީހާ ކުރާ އަޅުކަމުގެ ޤުރުބާނީ ދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. ހެޔޮމީހާ ކުރާ ދުޢާއާ އެކަލާނގެ ރުހިވޮޑިގަންނަވައެވެ.


ތެދުމަގުން ހިނގާމީހާ ވިޔާ ނުދާ ކަންތަކުން ދުރުކުރާނެއެވެ. އެ މަގުންދާ މީހާއަކަށް ނުރައްކަލެއް ކުރިމައްޗެއް ނުވާނެއެވެ.


ނުބައި މީހާ އޮޅުވާލައިގެން ކުރިއަރައިގެން ދެއެވެ. އެކަމަކު ހެޔޮމީހާ ކަންތައް ކުރާނީ ކުރިއަށް ވިސްނައިގެންނެވެ.


އެހެނީ ދޮގުވެރިން ދެކެ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގަންނަވައެވެ. އެކަލާނގެ ގާތްކަން ބާއްވަނީ ތެދުވެރިންނާއެވެ.


އެމީހުންގެ މަކަރުވެރިކަމުން އަބަދުވެސް ރާވާނީ ކޮންމެވެސް ނުލަފާ ވިޔާނުދާ ކަމެކެވެ. އެމީހުން ބޭނުންވާނީ އަބަދުވެސް ފިތުނަ އުފައްދާށެވެ.


މާތްރަސްކަލާނގެއަށް ކަލޭމެން ބިރުވެތިވާނަމަ ކަލޭމެން ނުބައި ނުލަފާކަމާ ދުރުހެލިވާށެވެ. އަހަރެން ބޮޑާކަމާއި ކިބުރުވެރިކަމާއި ދޮގުވެރިކަމާއި ގޯސްކަންތައް ދެކެ ނަފްރަތު ކުރަމެވެ.


އަނގަހަޑި މީހަކަށް ނަސޭހަތެއް ދޭ މީހާއާ ކުރިމަތިވާނީ ހަޑި ހުތުރު ބަސްތަކެވެ. ނުލަފާ މީހަކުގާތު ހެޔޮ އެއްޗެއް ބުނާ މީހާއަށް ލިބޭނީ އަނިޔާއެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ