Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ހަރުބަސްތައް 11:19 - ކިތާބުލް މުޤައްދަސާ

19 ހެޔޮކަންތައް ކުރަން ހިތުލައިގެން ހުންނަމީހާ ދިރި ހުންނާނެއެވެ. ނުބައިކަންތައް ކުރަން ހިތުލައި ހުންނަ މީހާ މަރުވެ ނެތިދާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ހަރުބަސްތައް 11:19
18 ပူးပေါင်းရင်းမြစ်များ  

ޞާލިޙުކަމުގެ އުޖޫރައަކީ ރަނގަޅު ދިރިއުޅުމެކެވެ. ނުބައިކަމުގެ އުޖޫރައަކީ ޢުޤޫބާތެވެ.


މަރު އައިސް ޖެހުމުން ފައިސާގެ ބޭނުމެއް ނުފުދެއެވެ. ފުރާނަ ސަލާމަތްވަނީ ތެދުވެރިކަމުންނެވެ.


ޞާލިޙުކަމަކީ ދިރިހުރުމާ ދިމާއަށް ދާ މަގެވެ. ނުބައިކަމުގެ މަގުން ދެވެނީ މަރާ ދިމާއަށެވެ.


މާތްރަސްކަލާނގެއަށް ބިރުވެތިވުމުން ދިގު އުމުރެއް ލިބެއެވެ. ނުރައްކަލުން ސަލާމަތްވެ ހިތްހަމަޖެހުން ލިބެއެވެ.


ހަމަ ބުއްދި ފިލައިފިމީހާއަށް މަގު އޮޅިގެން ދެވޭނީ މަރުވެފައިވާ މީހުންގެ ތެރެއަށެވެ.


ޞާލިޙުކަން މަތީ އުޅެ ދެގޮތެއްނުވާ ލޯތްބެއްވާ މީހަކަށް ދިރިހުރުމާއި ތަނަވަސްކަމާއި ޝަރަފު ލިބޭނެއެވެ.


އަހަރެން ނުހޯދައިފި ނަމަ ގެއްލުން ހުރީ އެމީހަކަށެވެ. އަހަރެންދެކެ ނަފްރަތު ކުރާ މީހާ ލޯބި ކުރަނީ މަރަށެވެ.⁠“


ކޮންމެ ޤައުމެއްގައި ވެސް އެކަލާނގެ ކިބަފުޅަށް އީމާންވެ ރަނގަޅު ގޮތުގައި ކަން ކުރާ މީހަކާ މެދު އެކަލާނގެ އުފާފުޅު ކުރައްވާނެއޭ.


މިނުބައި އެދުންތައް ފާފަވެރި އަމަލުތައް އުފަންކުރުވައެވެ. އަދި މި ފާފަވެރި އަމަލުތައް ގެނެސްދެނީ މަރުވެ ދިއުމެވެ.


މާތްރަސްކަލާނގެ ދަރިންނާއި އަދި ޝައިތާނާގެ ދަރިންނާ ދެމެދުގައިވާ ތަފާތު އަހަރެމެންނަށް އެނގެނީ މިގޮތުންނެވެ. އެމީހަކީ ޞާލިޙުކަން މަތީ ނޫޅޭ މީހަކުނަމަ ނުވަތަ އެމީހާގެ އަޚުންނާއި އުޚުތުންނާ މެދު ލޮބުވެތި ކަން ނުބާއްވާ މީހެއް ނަމަ، އެފަދަ މީހަކީ މާތްރަސްކަލާނގެ ދަރިއެއް ކަމުގައެއް ނުވާނެއެވެ.


އަހަރެންގެ ދަރިންނޭވެ! އެއްވެސް މީހަކަށް ތިޔަބައިމީހުން މަގުފުރެއްދުމަށް ފުރުސަތު ނުދީ ސަމާލުވެ ތިބޭށެވެ. މީސްތަކުން ހެޔޮ އަމަލުތައް ކުރުމުން ދައްކައިދެނީ އެބައިމީހުންނަކީ ޞާލިޙު ބައެއް ކަމެވެ. އަދި އެބައިމީހުން އަލްމަސީޙު ފަދައިން ޞާލިޙު ކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ