ހަރުބަސްތައް 11:16 - ކިތާބުލް މުޤައްދަސާ16 ޚުލްގުހެޔޮ އަންހެނާއަށް އިޙްތިރާމް ލިބެއެވެ. ރަޙުމްކުޑަ މީހާއަށް ލިބެނީ މުއްސަނދިކަން އެކަންޏެވެ. အခန်းကိုကြည့်ပါ။ |
އެކަލޭގެފާނާއި އެކު އެދަތުރުގައި ވަޑައިގެންނެވި އަނެއް އަންހެނަކީ ހެރޮދު ރަސްގެފާނުގެ ގަނޑުވަރުގެ ހުރިހާ ކަންތައް ބަލަހައްޓާ މީހާ ކަމުގައި ވީ ޗުޒާގެ އަންހެނުން ޔޮއަންނާއެވެ. އަދި ސުޒަންނާ އޭ ކިޔުނު އަންހެނަކާ އެހެން ވެސް އިތުރު މީހުން އެކަލޭގެފާނާއި އެކު ވިއެވެ. މިއަންހެނުން އެމީހުންގެ އަމިއްލަ އެއްޗިއްސާ ފައިސާއިން އީސާގެފާނަށާއި އެދަތުރުގައި ހިމެނުނު މީހުންނަށް އެހީވެދިނެވެ.
ޕަތަރަސްއަށް މިޚަބަރު ލިބުމާއި އެކު އެމީހުންނާއި އެކު ޖައްފާއަށް ދިއުމަށް ދަތުރު ފެށިއެވެ. ޕަތަރަސް އައުމާއި އެކު އެމީހުން އޭނާ ތަބިތާގެ ގަބުރު ބޭއްވިފައިވާ ކޮޓަރިއަށް ގެންދިޔައެވެ. އެކޮޓަރީގައި ފިރިމަރުވެފައިވާ އެތައް ބައިވަރު ހުވަފަތް އަންހެނުންނެއް ރޮއި ހިތާމަކުރަމުން ދިޔައެވެ. އެމީހުން ޕަތަރަސްއަށް ތަބިތާ އެމީހުންނަށް ފަހާދީފާވީ އަންނައުނުތައް ދެއްކިއެވެ.